ފަތުރުވެރިންނާއެކު ދަތުރުކުރި ސަފާރީ ދޯންޏެއް ތިމަރަފުށި އެއާޕޯޓް ބީޗަށް ލައްވެއްޖެ

ފަތުރުވެރިންނާއެކު ދަތުރުކުރި ސަފާރީ ދޯންޏެއް ތިމަރަފުށި އެއާޕޯޓް ބީޗަށް ލައްވެއްޖެ

Author
ޙަސަން މުޙައްމަދު
05 އޮގަސްޓް 2024 12:01
0

9 ފަތުރުވެރިއަކާއި 5 ފަޅުވެރިންނާއެކު ދަތުރުކުރި 'ކޮޅުލިޔާ' ނަމަކަށްކިޔާ ސަފާރީ ދޯންޏެއް ތިމަރަފުށި އެއަރޕޯޓް ބީޗަށް ލައްވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ "ކޮޅުލިޔާ" ނަމަކަށް ކިޔާ ސަފާރީއެއް ތިމަރަފުށި އެއަރޕޯޓް ބީޗަށް ލައްވެފައިވާ ކަމަށާއި، މި ސަފާރީގައި 9 ފަތުރުވެރިންނާއި 5 ފަޅުވެރިން ތިއްބެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށާއި، ފަތުރުވެރިން މިހާރު ތިބީ ތިމަރަފުށީގެ ގެސްޓްހައުސްއެއްގައިކަމަށްވެސް ބުނެފައި ވެއެވެ. މި ހާދިސާގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 1:10 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

އެމްއެންޑީއެފްއި ހާމަކޮށްފައިވާ ގޮތުގައި ކަނޑު ގަދަވުމާ ގުޅިގެން ޖުމުލަ 6 ހާދިސާ އިއްޔެއާއި މިއަދު ވަނީ ރިޕޯޓުކުރެވިއެވެ. އޭގެ ތެރޭގައި:

    • ތ. އަތޮޅު ތެރެއިން ބާޖެއް ކަފުޖަހައިގެން ދަތުރުކުރި ޓަގު ބޯޓެއްގެ ވައު ކަނޑައިގެން ދިޔަކަން. މިވަގުތު ބާޖު އޮތީ ގ. ގުރައިދޫ ކައިރިއަށް ބީހިފައިކަމަށާއި ޓަގު ބޯޓް އޮތީ އެ ސަރަހައްދުގައި އެންކަރުކޮށްފައި.
    • "ފިޝްމަން" ކިޔާ މަސްދޯންޏެއް ލ. އަތޮޅަށް ދަތުރުކުރަނިކޮށް، ލ. ހިތަދޫގެ 23 މޭލު ބޭރުން ދިޔަވާކަމުގެ ރިޕޯޓު ރޭ ދަންވަރު ކޮށްފައިވޭ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.