ހަމއެކަނި ދިވެހި މުދައްރިސުން ކިޔަވައިދޭގޮތަށް ފަށާ މަޝްރޫއަކީ ރަނގަޅު ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް: އާދަމް ޝަރީފު

ހަމއެކަނި ދިވެހި މުދައްރިސުން ކިޔަވައިދޭގޮތަށް ފަށާ މަޝްރޫއަކީ ރަނގަޅު ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް: އާދަމް ޝަރީފު

Author
ޙަސަން މުޙައްމަދު
30 ޖުލައި 2024 01:12
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރެވިގެން ދާނެ ކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަސްލުޓީވީން ގެނެސްދޭ "ޤައުމު ބިނާކުރުން" ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ރައީސުލް ޖުމުހުރިއްޔާ ފައްޓަވާ މަޝްރޫޢުއަކީވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި ރާއްޖޭގެ ސްކޫލްތަކުގައި ބިދޭސީން ނުހިމަނައި ހަމއެކަނިދިވެހި މުދައްރިސުން ކިޔަވައިދޭގޮތަށް މަޝްރޫއެއް ފައްޓަވާނެކަމަށް ރައީސް ވިދާޅުވި ވިދާލުވުމަކީ ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައެވެ.

"ދިވެހިރާއްޖެ ކުރިއަރައިގެން މި ދާވަރަށް ބަލައި އިރު، ހަރުދަނާ ޖީލެއް ބިނާކުރަން މި ޖެހެނީ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވެފައި، ދިވެހިންނަކީ އަމިއްލަވަންތަ ކަމެއް، އަޅުގަނޑުމެންގެ އަމިއްލަ ބަހެއް، އަދި ސަގާފަތެއް އޮތް ބަޔަކަށް ވާތީވެ، އަޅުގަނޑުމެންގެ ޤައުމިއްޔަތު ވަރުގަދަކުރުމާއެކީގައި އަޅުގަނޑުމެންނަކީ މުސްތަޤިއްލު މިނިވަން ޤައުމެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ތަހުޒީބު ބިނާވެފައި އޮންނަން ޖެހޭނީ އެ ކަންކަމުގެ މައްޗަށް، އެ ފަދަބަޔަކު ބިނާކުރުމުގެ މައްޗަށް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ ފަދަ ބަޔަކު ބިނާކޮށް ސްކޫލްތަކުގެ މަންހަޖު ތަންފީޒުކުރެވޭނީ، ޤައުމު ދެކެ ލޯބިވާ އަދި ކުދިން ތަރުބިއްޔަތު ކުރުމުގައި ވެސް ހުންނަން ޖެހޭ ޤައުމިއްޔަތުގެ ސިފަތައް ހުންނަ އަޚްލާޤީ ގޮތުން ރަނގަޅު މިސާލުތަކެއް ދެއްކޭ ފަދަ ޓީޗަރުން ތަކެއް ތިބެގެން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.