ފުވައްމުލަކުގައި ހާލު ދެރަވު ކުއްޖަކު އެމްއެންޑިއެފްގެ އެހީތެރިކަމުގައި އައްޑުއަށް ގެންގޮސްދީފި

ފުވައްމުލަކުގައި ހާލު ދެރަވު ކުއްޖަކު އެމްއެންޑިއެފްގެ އެހީތެރިކަމުގައި އައްޑުއަށް ގެންގޮސްދީފި

Author
ޙަސަން މުޙައްމަދު
27 ޖުލައި 2024 09:31
0

ފުވައްމުލަކުގައި ހާލު ދެރަވު ކުއްޖަކު އެމްއެންޑިއެފްގެ އެހީތެރިކަމުގައި އައްޑުއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފްއިން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ކުޑަ ކުއްޖެއްގެ ހާލު ދެރަވެގެން، ޞިއްޙީ އަވަސް ފަރުވާދިނުމަށް ސީ އެމްބިއުލާންސްގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ގެންގޮސްދީފައިވާ ކަމުގައެވެ.

މިކުއްޖާގެ ހާލަތާއި ގުޅޭ އިތުރު ތަފްސީލު އެމްއެންޑީއެފްއިންވެސް އަދި އައްޑޫ އީކުއަޓޯރިއަލް ހޮސްޕޓަލުންވެސް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.