"ދޭވާ" ގެ އައު ޕޯސްޓަރެއް ދައްކައިލައިފި

"ދޭވާ" ގެ އައު ޕޯސްޓަރެއް ދައްކައިލައިފި

Author
ފާތިމަތު ނާވީ
24 ޖުލައި 2024 10:52
0

މި އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރަން އޮތް ބޮލީވުޑްގެ ތަރި، ޝާހިދު ކަޕޫރްގެ އެކްޝަން ތުރިލާ "ދޭވާ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

މި އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރަން އޮތް ފިލްމް މިހާރު ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކުރީ އަންނަ އަހަރުގެ ފެބްރުއަރީ 14 އަށް ކަމަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި "ދޭވާ" ކުރިން ސިނަމާތަކަށް ގެންނަން އޮތީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 11 ގަ އެވެ.

މި ފިލްމް އަށް މިހާބޮޑު ލަހެއް އަންނަން މެދުވެރިވީ ކީތްވެގެން ކަމެއް ހާމައެއް ނުކުރެއެވެ. އެހެން ކަމުން ފިލްމް އަދިވެސް ލަސްވުމަކީ އެކަށީގެން ވާ ކަމެއްކަމުގައި ބެލެވިދާއެވެ.

 

View this post on Instagram

 

A post shared by Shahid Kapoor (@shahidkapoor)

ޝާހިދު ފުލުހެއްގެ ރޯލުން ފެންނާނެ މި ފިލްމަކީ ބަތަލާ ވިދިއާ ބާލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ ރޯޝަން މެތިއު އެވެ. "ދޭވާ" ގެ ބަތަލާ އަކީ ޝާހިދާ އެކީ އަލަށް ފިލްމެއްގެ މަސައްކަތްކުރާ ޕޫޖާ ހެގްޅޭ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.