ޝައުގުވެރިކަމެއް ނެތް ބައި އިލެކްޝަންއެއް، ވޯޓު ލީ އެންމެ %27 މީހުން

ޝައުގުވެރިކަމެއް ނެތް ބައި އިލެކްޝަންއެއް، ވޯޓު ލީ އެންމެ %27 މީހުން

Author
ޙަސަން މުޙައްމަދު
20 ޖުލައި 2024 06:43
0

މިއަދު ކުރިޔަށްދާ މާލެއާއި އިތުރު ތިން ރަށެއްގެ ކައުންސިލްގެ ހުސްވެފައިވާ މެމްބަރުކަމަށް އިންތިޚާބު ކުރުމަށްޓަކައި ބޭއްވި ބައި-އިލެކްޝަންގައި މިއަދު ވޯޓު ލާފައިވަނީ އެންމެ %27 މީހުން ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މި އިންތިޚާބު ތަކުގައި ވޯޓު ލުމުގެ ހައްގު 13،112 މީހުންނަށް ލިބިފައިވާއިރު، މިއަދު މެންދުރާއިހަމަށްވެސް ވޯޓު ލާފައިވަނީ އެންމެ 1،480 މީހުންނެވެ. އެއީ 623 އަންހެނުންނާއި، 867 ފިރިހެނުންނެވެ.

އަދި ވޯޓުލުން ނިމުނުއިރު، ވޯޓު ލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އެންމެ % 26.91 މީހުންނެވެ. އެއީ ޖުމްލަ 3528 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 1647 އަންހެނުންނާއި 1881 ފިރިހެނުންނެވެ.

މި ބައިއިލެކްޝަންތަކުގައި ވޯޓު ލުމުގެ ހައްގު 13112 މީހުންނަށް ލިބިފައި ވެއެވެ.އެއީ 6409 އަންހެނުންނާއި 6703 ފިރިހެނުންނެވެ.

މި ބައިއިލެކްޝަންތަކުގެ ތެެރެއިން، ކުޅުދުއްފުށި ސިޓީގެ އުތުރު ދާއިރާގެ ހުސްވެފައިވާ ކައުސިލްގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުުރުމަށް މިއަދު އޮތް ބައި އިލެކްޝަން ގައި އެމްޑީޕީގެ ކެންޑިޑޭޓުގެ މައްޗަށް ކުރި ހޯދާ، ޕީއެންސީން ވާދަކުރި ކެނޑިޑޭޓް ވަނީ އިންތިޚާބު ކާމިޔާބު ކޮށްފައެވެ.

މިއަދު ކުރިޔަށްދިޔަ މާލޭ ސިޓީގެ ކައުންސިލްގެ ބައިއިލެކްޝްގެ 3 ގޮޑިވެސް ކާމިޔާބު ކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މި ބައި އިލެކްޝްންގައި ވާދަކުރީވެސް އެމްޑީޕީއާއި ޕީއެންސީން އެކަންޏެވެ. އިންތިހާބު ކާމިޔާބު ކުރި ޕީއެންސީގެ 3 ކެނޑިޑޭޓުންނަކީ؛

  •  ފާތިމަތު ޝައުފާ ސަލީމް – ހެންވޭރު ހުޅަނގު
  •  ފާތިމަތު އިޝާން އަލީ – މައްޗަންގޮޅި މެދު
  •  އަލީ އައިމަން – ހުޅުމާލެ

މިއަދު ހެނދުނު 8:00 އިން 4:00 އަށް ވޯޓުލުން ކުރިއަށްދިޔައީ މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން މަގާމަށް މެމްބަރުން އިންތިހާބު ކުރުމާއި، ހދ. ކުޅުދުއްފުށި ކައުންސިލް، ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރަކު އިންތިހާބު ކުރުމުގެ އިތުރުން ބިލެތްދޫ ކައުންސިލްގެ ރައީސްއަކު އިންތިހާބު ކުރުމަށެވެ.

މާލޭ ކައުންސިލްގެ ހުސްވެފައިވާ ދާއިރާތަކަށް ކުރިމަތިލައްވާފައިވަނީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ސިޓީ ކައުންސިލްގެ އެ މަގާމުތައް ހުސްވެފައިވަނީ، އެ މަގާމުގައި ތިއްބެވި މެމްބަރުން މަޖިލިސް އިންތިހާބުގައި ވާދަކޮށް، ގޮނޑި ކާމިޔާބު ކުރެއްވުމުންނެވެ.

ކެނޑިޑޭޓުންގެ ތަފްސީލް:

ހެންވޭރު ހުޅަނގު ދާއިރާ:

  • ފާތިމަތު ޝައުފާ ސަލީމް (ޕީއެންސީ)
  • މުހައްމަދު އަލީ ޖިނާދު (އެމްޑީޕީ)

މައްޗަންގޯޅި މެދު ދާއިރާ:

  • ފާތިމަތު އިޝާން އަލީ (ޕީއެންސީ)
  • ހައްވާ ޝިފާނާ (އެމްޑީޕީ)

ހުޅުމާލޭ ދާއިރާ:

  • އަލީ އައިމަން (ޕީއެންސީ)
  • އަހުމަދު ރަޝީދު (އެމްޑީޕީ)

ތިން ރަށުގެ ކައުންސިލް ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެނޑިޑޭޓުން:

ކުޅުދުއްފުށި އުތުރު ދާއިރާ:

  • އިބްރާހިމް އަހުމަދު (ޕީއެންސީ)
  • ޝަމްނޫޒް މުހައްމަދު ނައީމް (އެމްޑީޕީ)

ރަސްމާދޫ:

  • ޝަމްލާ ވާފިރު (ޕީއެންސީ)
  • އައިޝަތު ޝަރަފިއްޔާ (އަމިއްލަ ގޮތުން)

ބިލެތްދޫ:

  • އަރީހް އިސްމާއީލް (ޕީއެންސީ)
  • ޝާއިލް މާހިރު (އެމްޑީޕީ)

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.