ރިތޭޝް ގެ ފުރަތަމަ ވެބް ސީރީޒް ގެ ޓްރެއިލާ ދައްކައިލައިފި

ރިތޭޝް ގެ ފުރަތަމަ ވެބް ސީރީޒް ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
11 ޖުލައި 2024 04:58
0

ތަފާތު ޕްލެޓް ފޯމްތަށް ތަރިން ތަުރިބާ ކުރަމުން އަންނަ އިރުގައި އޯޓީޓީ ވެފައި މިވަނީ ވަރަށް ގިނަ ތަރިންގެ މެދުގައި ވަރަށް މަގުބޫލު ޕްލެޓްފޯމައަކަށެވެ. އެއާއި އެކުގައި ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް މިދިމާލަށް މިސްރާބު ހުރިއިރުގައި އެ ލިސްޓަށް މިވަނީ އިތުރު ތަރިއަކު އެއްކުރަން ޖެހިފައިއެވެ.

އެއީ ބޮލީވުޑްގެ ގިނަ ފިލްމް ތަކަކުން ފެނިގެން ގޮސްފައިވާ މަޝްހޫރު އެކްޓަރު ރިތޭޝް ދޭޝްމުކްއެވެ. އޭ ލިސްޓުގެ ގިނަތަރިންވެސް މިހާރަކަށް އައިސް ވެބް ސީރީޒް ތަށް ކުޅެމުން އަންނަ އިރުގައި ރިތޭޝް ގެ އަލަތު ވެބް ސީރީޒް މި މަހުގެ 12 ވަނަ ދުވަހުގައި ދައްކާނެއެވެ.

މިހާރު ވަނީ މި ވެބް ސީރީޒް ގެ ޓްރެއިލާ އެއްވެސް ދައްކައިލައިފައިއެވެ. މީގެ ޕޯސްޓަރުތަށް އާންމު ކޮށްފައިވާ އިރުގައި މި ޕޯސްޓަރު ތަކުން ރިތޭޝް ފެނިގެންދަނީ ވަރަށްވެސް ތަފާތު ގޮތަކަށެވެ.

މި ސީރީޒަކީ އިންޑިއާގައި ބޭސް ވިއްކާ މީހުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހާމަކޮށް ސިއްހީ ދާއިރާ އަށް ފައިދާ ހޯދައި ދިނުމަށް އަލިއަޅުވާލާ ކުޅެފައިވާ ސީރީޒެކެވެ.

މީގެ ކާސްޓުގައި ނޭހާ ޝަރުމާ، ޝުރުތީ ސޭތް، ޝަންދަން ރޯއީ ސެންޔަލް، ޝާރިބް ހާޝިމީ އަދި އަމްރުތާ ކަންވިލްކަރް އިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.