ރައީސް މުއިއްޒު އަންނަ މަހު ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

ރައީސް މުއިއްޒު އަންނަ މަހު ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

Author
އަހުމަދު
10 ޖުލައި 2024 08:17
0

ރައީސް ޑރ. މުހައްމަދު މުއިއްޒު، އަންނަ މަހު ސްރީލަންކާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ އޮފިޝަލުންނާ ހަވާލާދީ ލަންކާގެ ނޫސްތަކުން ބުނި ގޮތުގައި ރައީސް މުއިއްޒު ލަންކާއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ކުރީކޮޅެވެ. އެކަމަކު، ވަޑައިގަންނަވާނެ ސީދާ ތާރީހެއް ކަށަވަރު ނުވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް އެކި ދާއިރާތަކުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެއެވެ. އަދި ބައެއް ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް މި ދަތުރުފުޅާ ގުޅޭގޮތުން ރަސްމީކޮށް މިހާތަނަށް ރައީސް އޮފީހުން އެއްޗެއް ނުބުނެއެވެ.

މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ތުރުކީއަށެވެ. އޭގެ ފަހުގައި، ޔޫއޭއީ، ޗައިނާ، އިންޑިއާ ފަދަ ގައުމުތަކަށް ވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.