މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މާލޭގެ މަގުތަކުން ފެން ހިންދައިފިއެވެ.
ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމުން ރޭ 12:40 ހާއިރުން ފެށިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އައިޖީއެމްއެޗް ސަރަހައްދާއި ވެސްޓް ޕާކު ކައިރީގެ ދެ ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދާލެވުނީ ރޭ 03:45 ހާއިރުއެވެ.
ކޮމެންޓު ފޮނުވާ