"އޯރޯ މޭ ކަހާ ދަމް ތާ" އަށް އާ ތާރީހެއް

"އޯރޯ މޭ ކަހާ ދަމް ތާ" އަށް އާ ތާރީހެއް

Author
ފާތިމަތު ނާވީ
07 ޖުލައި 2024 12:43
0

ބޮލީވުޑްގެ ވަރަށް ގާތް ދެރަހުމަތެރިން ކަމުގައިވާ އަޖޭ ދޭވްގަން އާއި ތާބޫ އެކުގައި ފެނިގެންދާ ފިލްމް "އޯރޯ މޭ ކަހާ ދަމް ތާ"  އަށް އާ ތާރީހެއް ހަމަޖައްސައިފި އެވެ.

ފިލްމް ގެ ޓީމުން ބުނީ ބެލުންތެރިންނަށް މިހާރު ފިލްމު ދޫކޮށްލަން ތާވަލުކުރީ އަންނަ މަހުގެ 2 އަށް ކަމަށެވެ. ފިލްމު ފަސްކުރީ އޭގެ އެގްޒިބިޓަރުންނާއި ޑިސްޓްރިބިއުޓަރުންގެ އެދުމުގެ މަތިން ކަމަށް ކުރިން ބުނެފައިވެ އެވެ.

"ސްޕެޝަލް 26″ އަދި |އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" ފަދަ ފިލްމުތައް ގެެނެސްދީފައިވާ ނީރަޖް ޕާންޑޭ ޑައިރެކްޓްކުރާ 6 ވަނަ ފިލްމަށް މި ފިލްމް ވެގެން ދާނެއެވެ. މި ފިލްމް ގައި މިދެތަރިން އެކުގައި ފެނިގެންދާނީ ވަރަށް ތަފާު ގޮތަކަށެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

ފިލްމަކީ "އާރްއާރްއާރް" ގެ ލަވަ "ނާތު ނާތު" އިން މި އަހަރުގެ އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އޮސްކާ އާއި ގޯލްޑެން ގްލޯބް އެވޯޑް ހޯދި މިއުޒިކް ޑައިރެކްޓަރު އެމްއެމް ކީރަވާނީ މިއުޒިކް ހަދާ، ފިލްމްއެކެވެ. މި ފިލްމް އަކީ މިއުޒިކަލް ލަވް ސްޓޯރީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.