ޕޮލިސް ކުލަބާއި އެފްއޭމް ގުޅިގެން ހިންގި ބޭސިކް ފުޓްސަލް ރެފްރީ ކޯހުގެ ނިމުން ފާހަހަ ކޮށްފި

ޕޮލިސް ކުލަބާއި އެފްއޭމް ގުޅިގެން ހިންގި ބޭސިކް ފުޓްސަލް ރެފްރީ ކޯހުގެ ނިމުން ފާހަހަ ކޮށްފި

ގުޅުންހުރި

ޕޮލިސް ކުލަބާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ހިންގި ބޭސިކް ފުޓްސަލް ރެފްރީ ކޯސް ނިންމައި ފާސްވި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

ރޭ ސާޖަން އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތުޝަރަފްވެރި ކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރ ޢަބްދުލް ރައްޒާޤު އިބްރާހިމްއެވެ.

މިރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ރައީސް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދު އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ރެފްރީސް އަޙްމަދު ޤާސިމްއާއި ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އިބްރާހިމް އާއި ކޯހުގައި ކިޔަވައި ދެއްވި މުދައްރިބުންނާއި ބައިވެރިިން ބައިވެފައިވެއެވެ.

2024 ޖޫން 27 އިން ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ބޭސިކް ފުޓްސަލް ރެފްރީސް  ކޯހުގައި 33 މުވައްޒަފުން ބައިވެރިވެފައިވާއިރު، ކޯސް ފުރިހަމަކޮށް ކަނޑައަޅާފައިވާ މިންގަނޑަށް ފާސްވެ ލިޔުން ހާސިލްކޮށްފައިވަނީ 24 މުވައްޒަފުންނެވެ. ކޯހުގެ ފާސްވި މުވައްޒަފުންގެ ތެރޭގައި ދެ އަންހެން މުވައްޒަފުން ހިމެނެއެވެ.

މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ފުޓްސަލް ރެފްރީކަން ކުރުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ މުވައްޒަފުންނަށް އެފުރުސަތު ހޯދައި ދިނުމުގެ ގޮތުންނާއި ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ޕޮލިސް ކުލަބުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގި ކޯހެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ