މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ނެޝަނަލް ކޮލެޖް ފޯ ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އާ ގުޅިގެން، “އިންޓަރނަލް އިންވެސްޓިގޭޝަން ޓްރޭނިންގ ޕްެރޮގްރާމް” ހިންގައިފިއެވެ.
މި ޓްރޭނިންގ ޕްެެރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން، މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެންސީޕީއެލްއީގެ އެގްޒަކަޓިވް ޑައިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާން، ހެޑް އޮފް ސެންޓަރ ފޯ އިންވެސްޓިގޭޝަން، ކްރައިމް އެންޑް ޖަސްޓިސް ސްޓަޑީޒް ޗީފް އިންަސްޕެކްޓަރ އޮފް ޕޮލިސް ވެސް ބައިވެރިވެލެއްވިއެވެ.
ޖޫން 2024 އިން 02 ޖުލައި 2024 ގެ ނިޔަލަށް ކުރިއަށްދިޔަ މި ޓްރޭނިންގ ޕްރޮގްރާމްގައި އެމްސީއެސްގެ 30 އޮފިސަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ތަމްރީން ޕްެރޮގްރާމް ހިންގުމިގެ މަގްޞަދަކީ އެކިއެކި ކަންކަމާ ގުޅިގެން ކުރިއަށްގެންދާ އެތެރޭގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އެކަމުގައި ހަރަކާތްތެރިވާ އޮފިސަރުންނާއި މުވައްޒަފުން އަހުލުވެރިކޮށް، އެކަމަގެ އުކުޅުތައް ދަސްކޮށްދިނުމެވެ.
އެގޮތުން މި ތަމްރީން ޕްެރޮގްގެ ބައިވެރިންނަށް އިންޓަރވިއު އެންޑް އިންޓަރަގޭޝަން ޓެކްނީކްސް، އިވޭލުއޭޓިންގ އެންޑް ކޮރޯބަރޭޓިންގ އެވިޑެންސް، ފޯމިއުލޭޓިންގ ދަ ރިޕޯޓް، އިލެކްޓްރޯނިކް ޑޮކިއުމަންޓް ކަލެކްޝަންސް، އެވިޑެންސް ކަލެކްޝަން އެންޑް އެވިޑެންސް ހެންޑްލިންގ، ވަރކްޕްލޭސް އިންވެސްޓިގޭޝަން -އެން އޯވަރ ވިއު އަދި ސަރޗް އެންޑް ސީޒް އެތިކްސް ފޮރ ވޯކް ފަދަ މޮޑިއުލްސްތައް ކިޔަވައިދިނެވެ.