ލަވަ ކިޔަ ކިޔަ ހުއްޓައި ޓެލާގެ އަނގަޔަށް މެއްސެއް ވަދެއްޖެ

ލަވަ ކިޔަ ކިޔަ ހުއްޓައި ޓެލާގެ އަނގަޔަށް މެއްސެއް ވަދެއްޖެ

Author
ފާތިމަތު ނާވީ
27 ޖޫން 2024 10:28
0

އެމެރިކާ ގެ މަޝްހޫރު ލަވަކިއުންތެރިއާ ޓެއިލާ ސްވިފްޓް ލަވަ ކިޔަ ކިޔަ ހުއްޓާ އޭނާގެ އަންގައަށް މެއްސެއް ވަދެއްޖެއެވެ.

މިހާދިސާ ހިނގައިފައިވަނީ "އިރާސް ޓުއާ"ގެ ދަށުން ލަންޑަނުގައި ޕާފޯމްކުރަނިކޮށްނެވެ. ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ބޭއްވި "އިރާސް ޓުއާ" ކޮންސެޓްގައި އޭނާގެ މަޝްހޫރު ލަވައެއް ކަމަށްވާ "އޯލް ޓޫ ވެލް" ކިޔުމަށް އަނގަ ހުޅުވައިގެން ހުއްޓަ އަނގަޔަށް މެހި ވަނުމުން އޭނާ ވަނީ އޯކާ ދެމޭގޮތްވެ ލަވަ ހުއްޓައިލައިފައިއެވެ.

ނަމަވެސް އަނެއްކައިވެސް ކުޑަ އިރުކޮޅެއް ފަހުން އޭނާ ލަވައާއުގެން ކުރިއަށް ދާތަން މިހާރު ވައިރަލް ވެފައިވާ ވީޑީއޯ ތަކުން އަންނަނީ ވަރަށް ސާފުކޮށް ފެންނަމުންނެވެ.

މީގެ ކުރިން ވެސް ކޮންސެޓެއްގައި ޕާފޯމްކުރަނިކޮށް ޓޭލާގެ އަނގަޔަށް މެއްސެއް ވަނެވެ. އެއީ މިދިޔަ އަހަރު ޖޫން މަހު ޗިކާގޯގައި ބޭއްވި ޝޯއެއްގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.