ރާއްޖޭގެ ޑްރަގް އެތެރެކުރަމުންދާ ނެޓްވޯކުތައް އަތުލައިގަނެވޭނެ: އިހުސާން

ރާއްޖޭގެ ޑްރަގް އެތެރެކުރަމުންދާ ނެޓްވޯކުތައް އަތުލައިގަނެވޭނެ: އިހުސާން

Author
ޙަސަން މުޙައްމަދު
25 ޖޫން 2024 01:35
0

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކްތައް ދެނެގަނެ، މެޕްކޮށްފައިވާ ކަމަށާއި، ރާއްޖޭގެ ޑްރަގް އެތެރެކުރަމުންމިދާ ނެޓްވޯކުތައް އަޅުގަނޑުމެންނަށް އަތުލައިގަނެވޭނެ ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން އިހިސާން ވަނީ މިދިޔަ ނޮވެމްބަރުގައި މިިނިސްޓްރީއާއި ހަވާލުވިފަހުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކޮށްފަ އެވެ.

އެގޮތުން އިހުސާން ވިދާޅުވީ މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި، ވަރަށް ތަފްސީލުކޮށްވާނެ ރާއްޖެއަށް ޑްރަގްސް އެތެރެވާ މަގުތަކާއި އެތެރެކުރާ މީހުންނާއި އެތެރެކުރަން ޒިންމާވާ މީހުންނާއި އެމީހުންގެ ފައިނޭންޝަލް އެނާލިސިސްތައް މިހާރު ހަދާނިމިފައި ވާކަމަށެވެ.

މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ﷲގެ އިރާދަފުޅާ އެކު އަޅުގަނޑުމެން ވަރަށް ތަފްސީލުކޮށްވާނެ ރާއްޖެއަށް ޑްރަގްސް އެތެރެވާ މަގުތަކާއި އެތެރެކުރާ މީހުންނާއި އެތެރެކުރަން ޒިންމާވާ މީހުންނާއި އެމީހުންގެ ފައިނޭންޝަލް އެނާލިސިސްތައް މިހާރު ހަދާނިމިފައި.

މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.

އިހުސާން އިތުރަށް ވިދާޅުވީ ގާނޫނުތަކަށް ބަދަލުގެނެސްގެން އެ މީހުން އަތުލައިގަނެވޭނެ ކަމަށް ޔަގީންކަން އޮތްކަމަށެވެ. އަދި އެ އިސްލާހުތައް އަންނަ މަހުގެ ތެރޭގައި މަޖިލީހަށް ފޮނުއްވާނެވެސް ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް އެބަހުރި. އެ ރެކޮމެންޑޭޝަންސްތައް އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް މަސް ދުވަސް ތެރޭގައި އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑުމެން ހިއްސާކުރާނަން. އެ ބަދަލުތައް އައުމާއެކު ރާއްޖޭގެ ޑްރަގް އެތެރެކުރަމުންމިދާ ނެޓްވޯކުތައް އަޅުގަނޑުމެންނަށް އަތުލައިގަނެވޭނެ.

އިހުސާން ވިދާޅިވިއެވެ.

ކަސްޓަމްސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭގޮތުގައި މިއަހަރުގެ 1 ޖަނަވަރީން 31 މާޗްގެ ނިޔަލަށް، ރާއްޖެއަށް އެތެރެކުރަން އުޅުނު 13.92 ކިލޯގެ މަސްތުވާތަކެތި ވަނީ ހިފަހައްޓާފަ އެވެ. އޭގެ ތެރޭގައި  6.5 ސިންތެޓިކް ކެތިނޮންސް, 5.3 ކިލޯގެ ހެރޮއިން، 1.1 ކިލޯގެ އެމްޑީއެމްއޭ އަދި 570 ގްރާމުގެ މެތް އަދި 350 ގްރާމްގެ އެމްފެޓަމިން ހިމެނޭކަމަށް ކަސްޓަމްސްއިން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.