އަނުޕަމްގެ އޮފީސް ފަޅައިލާ ވައްކަން ކޮށްފި

އަނުޕަމްގެ އޮފީސް ފަޅައިލާ ވައްކަން ކޮށްފި

Author
ފާތިމަތު ނާވީ
22 ޖޫން 2024 04:25
0

ކުޅަދާނާ އެކްޓަރު އަނޫޕަމް ކޭރްގެ މުމްބާއީ އޮފީސް ފަޅާލައިގެން ވައްކަންކޮށްފި އެވެ.

ބުރާސްފަތި ދުވަހު އެކްސް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި އަނުޕަމް ބުނެފައިވަނީ މުމްބާއީގެ ވީރާ ދެސައިގައި ހުންނަ އޭނާގެ އޮފީހަށް ވަގުންތަކެއް ވަދެ އަގުބޮޑު އެއްޗެހިތަކެއް ގެންގޮސްފައިވާ ކަމަށެވެ.

އެތަނުން ވަގަށް ނެގި ތަކެތީގެ ތެރޭގައި ތިޖޫރީއެއްގައި ހުރި ހުރިހާ ފައިސާއަކާއި ރައްކާކޮށްފައި ހުރި ފިލްމުތަކެއްގެ ނެގަޓިވް ހިމެނެ އެވެ. މި މައްސަލަ ފުލުހުންނަށް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Anupam Kher (@anupampkher)

އަނުޕަމް އަކީ ގިނަ އަދަދެއްގެ ފިލްމްތަކެއް ކުލެފައިވާ އާންމުންގެ ލޯބި ވަރަށް ބޮޑަށް ހޯދައިފައިވާ އަދި އެހާމެ ކުޅަދާނަ އެކްޓަރެކެވެ. މީގެ އިތުރުން އޭނާ އަކީ މޮޅު ހޮސްޓެއްވެސް މެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.