ޖިނާއީ ޢަދުލުގެ ނިޒާމުގައި އެންމެ މުހިންމު، އަސާސީ ޚިދުމަތެއް ފޯރުކޮށްދެނީ ދިވެހި ފުލުހުންގެ ޚިދުމަތުން: ޝަމީމް

ޖިނާއީ ޢަދުލުގެ ނިޒާމުގައި އެންމެ މުހިންމު، އަސާސީ ޚިދުމަތެއް ފޯރުކޮށްދެނީ ދިވެހި ފުލުހުންގެ ޚިދުމަތުން: ޝަމީމް

ގުޅުންހުރި

ޖިނާއީ ޢަދުލުގެ ނިޒާމުގައި އެންމެ މުހިންމު، އަސާސީ ޚިދުމަތެއް ފޯރުކޮށްދެނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމު އެ އިދާރާގެ ވެބްސައިޓްގައި ޝާއިއު ކޮށްފައިވާ އޭނާގެ އަމިއްލަފުޅު ލިޔުމެއްގައި ވިދާޅުވީ ޖިނާއީ ޢަދުލުގެ ނިޒާމުގައި އެންމެ މުހިންމު، އަސާސީ ޚިދުމަތެއް ފޯރުކޮށްދެނީ ދިވެހި ފުލުހުންގެ ޚިދުމަތުންކަމަށާއި، ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ޞުލްޙަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނޭ މަގުތައް ތަނަވަސްކޮށް ފަހިކޮށްދިނުމަށްޓަކައި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކެއް ދިވެހިރާއްޖޭގައި ޤާއިމުކޮށްފައި އޮންނަންވާނެ ކަމަށް ޤާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި މި ޢިބާރާތުން، ފުލުހުންނަކީ، އަމަން އަމާންކަން ޤާއިމުކޮށްދިނުމުގެ ޚިދުމަތެއް ފޯރުކޮށްދޭ ބައެއްކަން އެނގޭކަން ބަޔާން ކުރައްވަމުން ޝަމީމް ވިދާޅުވީ އެ ޚިދުމަތުގެ ތެރޭގައި ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުން ހިމެނޭ ކަމުގައެވެ.

ތަޙުޤީޤުކުރާ އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙުޤީޤުތައް ބަލައި، އެކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށް ބެލުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަޙުޤީޤުކުރަން އަމުރު ނެރުމުގެ ބާރުވެސް ޕްރޮސިކިއުޓަރ ޖެނެރަލަށް ޤާނޫނުއަސާސީން ލިބިދޭ ކަމަށާއި، އެބާރު އެހެން އެއްވެސް މީހަކަށް ލިބިދީފައި ނުވާކަމުގައެވެ.

ވީމާ، ފުލުހުންގެ ޚިދުމަތުން ކުރާ ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމާބެހޭ މަސައްކަތް ހިނގާ ނުހިނގާގޮތް ބަލައި، އިޞްލާޙުކުރަންވީ ކަންކަން އެންގުމާއި، ފުލުހުން ނުބަލާ ދޫކޮށްލާ މައްސަލަތައް ބެލުމުގެ މަސްއޫލިއްޔަތާއި ޤާނޫނީ ދައުރު އޮތީ ޕްރޮސިކިއުޓަރ ޖެނެރަލަށެވެ. މިކަން ކަށަވަރުވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 13 ވަނަ ބާބު ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރަށް ޚާއްޞަކޮށްފައިވާތީއެވެ. އެޤާނޫނުގެ 72 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު) ގައި، އެކަން ހިނގާންވީ ގޮތް އެބަ އޮތެވެ. އެމާއްދާ ބުނާ ގޮތުން، ފުލުހުން ލިޔުމުން އިރުޝާދަކަށް އެދުމުން، ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމުން ދޭ އިރުޝާދަކާ އެއްގޮތަށް ޢަމަލުކުރުމަކީ ފުލުހުންނަށް ޤާނޫނީ ގޮތުން ލާޒިމުކަމެކެވެ.

ޕީޖީ ޝަމީމްގެ ލިޔުއްވުމުގައި އޭނާ ވިދާޅުވެފައި ވެއެވެ.

ޝަމީމް ވިދާޅުވެފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާ އަދާކުރުމުގައި ފުލުހުންނަކީ އެއިދާރާގެ އެންމެ މުހިންމު ބައިވެރިޔާ ކަމުގައެވެ. އަދި އެ ދެ މުއައްސަސާގެ މަސައްކަތް އޮތީ ޤާނޫނީ ގޮތުން ގުޅި ލާމެހި ބަނދެވިފައި ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ