މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތައް އޮންނާނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތައް އޮންނާނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު

Author
ޙަސަން މުޙައްމަދު
20 ޖޫން 2024 12:13
0

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތައް އޮންނާނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންއިން ބުނެފައިވަނީ، މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް ވާދަކުރަނީ، ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން އެކަނި ކަމަށެވެ.

ހުސްވެފައިވާ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާގެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން 3 ދައިރާއަށްވެސް ކުރިމަތިލާފައިވަނީ ޕީއެންސީއާއި އެމްޑީޕީގެ ކެންޑިޑޭޓުން އެކަނި ކަމަށް އީސީއިން ބުނެފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މައްޗަންގޮޅި މެދު ދާއިރާއަށްް ވާދަކުރަށްވަނީ ޕީއެންސީގެ ފާތިމަތު އިޝާން އަލީ އާއި އެމްޑީޕީގެ ހައްވާ ޝިފާނާއެވެ.

އޭގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާއަށް ޕީއެންސީގެ ފާތިމަތު ޝައުފާ ސަލީމް އާއި އެމްޑީޕީގެ މުހައްމަދު އަލީ ޖިނާދު ވާދަކުރަށްވާއިރު ހުޅުމާލެ ދާއިރާއަށް ވާދަކުރަށްވަނީ ޕީއެންސީގެ އަލީ އައިމަން އާއި އެމްޑީޕީގެ އަހްމަދު ރަޝީދެވެ

މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތަކެއް ހުސްވެފައިވަނީ އެ ދާއިރާތަކުގައި ތިއްބެވި މެމްބަރުން 20 ވަނަ ރައްޔިތުން މަޖިލީހަށް އިންތިހާބުވުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.