ޓެކްސް ނުދައްކާ 473 ފަރާތެއްގެ ނަން އާންމު ކޮށްގެން 259.5 މިލިއަން ރުފިޔާ ހޯދައިފި

ޓެކްސް ނުދައްކާ 473 ފަރާތެއްގެ ނަން އާންމު ކޮށްގެން 259.5 މިލިއަން ރުފިޔާ ހޯދައިފި

ޓެކްސް ނުދައްކާ 473 ފަރާތެއްގެ ނަން އާންމު ކޮށްގެން 259.5 މިލިއަން ރުފިޔާ ފާއިތުވި އަހަރު ހޯދާފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މީރާއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އެ އިދާރާގެ އަހަރީ ރިޕޯޓުގައެވެ. މީރާގެ އަހަރީ ރިޕޯޓުގައި ވާގޮތުން 259.5 މިލިއަން ރުފިޔާ ޓެކްސް ނުދައްކާ 473 ފަރާތެއްގެ ނަން އާންމު ކޮށްގެން ފާއިތުވިއަހަރު ހޯދާފައިވާއިރު، 3.4 މިލިއަން ރުފިޔާ ހޯދާފައިވަނީ 32 ފަރާތަކަށް އީމެއިލް އަދި ފޯނު މެދުވެރިކޮށް ގުޅައިގެންނެވެ. އަދި 335،429 ރުފިޔާ ރިކަވާކޮށްފައިވަނ ޓެކްސް ނުދައްކާ 20 ފަރާތަކަށް ގާނޫނީ ފިޔަވަޅު އަޅައިގެންނެވެ.

މީރާގެ އަހަރީ ރިޕޯޓުގައި ވާގޮތުން، ޓެކްސް ނުދައްކާ ގިނަ އަދަދެއްގެ އެކައުންޓްތަކެއްވެސް ފާއިތުވިއަހަރު ފްރީޒް ކޮށްފައި ވެއެވެ.

މީރާއިން އެގޮތުން ޓެކްސް ދައްކަމުން ނުދާތީ ނޯޓިސް ފޮނުވުމުން ވެސް ފައިސާ ނުދެއްކި 285 ފަރާތެއްގެ ބޭންކް އެކައުންޓެއް ފާއިތުވި އަހަރު ވަނީ ފްރީޒް ކޮށްފައެވެ. އެ ރިޕޯޓުގައި ވާ ގޮތުން، މި އެކައުންޓްތައް ފްރީޒް ކޮށްގެން 90.3 މިލިއަން ރުފިޔާ މީރާއިން ދައުލަތަށް ހޯދާފައި ވެއެވެ.

އޭގެ އިތުރުންވެސް، ޓެކްސް ނުދައްކާތީ މީރާއިން ފާއިތުވިއަހަރު 17،054 ފަރާތެއްގެ މައްޗަށް ފިޔަވަޅު އަޅާފައިވެސް ވެއެވެ. އަދި މި ފަރާތްތަކުން ޖުމްލަ 3.9 ބިލިއަން ރުފިޔާ ރިކަވަރ ކޮށްފައިވާކަމަށްވެސް މީރާއިން ހާމަކޮށްފައި ވެއެވެ.

މީރާގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ޓެކްސް ނުދައްކާ 10013 ފަރާތަކަށް އިންޒާރުގެ ނޯޓިސް ފޮނުވައިގެން 2.2 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

މީރާއި ހާމަ ކޮށްފައިވާ ގޮތުގައި ފާއިތުވި އަހަރު 795 ފަރާތަކަށް، ފައިސާ ބަހާލައިގެން ދެއްކުމަށް އަލަށް ފުރުސަތު ދީފައި ވެއެވެ. އެއަދަދު 1.9 ބިލިއަން ރުފިޔާއަށް އަރައެވެ. އެފައިސާގެ ތެރެއިން 3.92 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެފައި ވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 6،234 ފަރާތަކުން އަމިއްލައަށް އިސްނަގައިގެން ޓެކުހުގެ ގޮތުގައި ނުދައްކާހުރި 1.4 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *