ޢީދުގެ މުނާސަބަތުގައި އައްޑޫ ސިޓީގައި ބޭއްވި ޢާއިލީ ހަވީރުގައި އެމްއެންޑީއެފްއިން ބައިވެރި ވެއްޖެ

ޢީދުގެ މުނާސަބަތުގައި އައްޑޫ ސިޓީގައި ބޭއްވި ޢާއިލީ ހަވީރުގައި އެމްއެންޑީއެފްއިން ބައިވެރި ވެއްޖެ

Author
ޙަސަން މުޙައްމަދު
18 ޖޫން 2024 11:05
0
އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި އައްޑޫ ސިޓީ ފޭދޫ އަވަށު އޮފީހާއި އައްޑޫ ސިޓީ ހުޅުދޫ އަވަށު އޮފީހުން އެ އަވަށްތަކުގައި ބޭއްވި ޢާއިލީ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.
ޖޫން 18 ވަނަ ދުވަހު ވަކިވަކިން ދެ އަވަށުގައި ކުރިއަށްދިޔަ މި ޢާއިލީ ހަވީރުގައި، އެމްއެންޑީއެފް ސަދަަން އޭރިއާ ކޮމާންޑުންވަނީ އެ ތަނަށް ޒިޔާރަތްކުރި ކުޑަކުދިންނަށް، ފަޔަރ ޓްރަކަށް އަރައި ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ދެ އަވަށުގެ ކުޑަކުދިންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.
އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޢާއިލީ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހުޅުމީދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވި އިރު، އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ޢާއިލީ ހަވީރުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ. ‏ ‏

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.