ސިނަމާލެ ބުރިޖުގެ މަރާމާތުގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެ

ސިނަމާލެ ބުރިޖުގެ މަރާމާތުގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެ

Author
ހުސައިން
18 ޖޫން 2024 12:43
0

ސިނަމާލެ ބްރިޖް މަރާމާތުގެ  މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު މަރުވެއްޖެއެވެ.

މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނެފައިވަނީ ރޭގައި އެ ސަރަހައްދުން ބިދޭސީއަކު އަނބުރައިގަނެގެން ވެއްޓުމުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ގެންދިޔައިރުވެސް އެ މީހާގެ ފުރާނަ ނެތް ކަމަށެވެ.

މަރުވެފައިވަނީ،  ޗައިނާގެ ކޮންސްޓްރަކްޝަން ކޮންޕެނީ، ސީސީސީސީ ސެކްނޑް ހާބާ އިންޖިނީއަރިން ކޮންޕެނީއަށް ނިސްބަތްވާ އިންޑިޔާގެ ފިރެހެނެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ މާރޗް 30 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.