ރޭ މާލޭގައި ސައިކަލްތަކެއްގައި އަލިފާން ރޯވި ހާދިސާއަކީ ބަޔަކު ގަސްތުގައި ހިންގި އަމަލެއްކަމަށް ޝައްކުކުރެވޭ ހެކިތަކެއް ފެންނާން ނެތްކަމުގައި ފުލުހުން ބުނެފިއެވެ.
ޝިފާން އެކްސްގައި ކުރި ކޮމެންޓެއްގައި ބުނެފައިވަނީ، ރޭގެ އަލިފާނުގެ ހާދިސާއަކީ ގަސްތުގައި ހިންގާފައިވާ އަމަލެއްކަމަށް އެނގެން ނެތްއިރު، މިހާރު ފެންނާންހުރި ހެކިތަކަށް ބަލާއިރު ބެލެވެނީ އެއީ އެކްސިޑެންޓަކުން ހިނގާފައިވާ ހާދިސާއެއްކަމަށް ކަމުގައެވެ.
ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 5 ސައިކަލެއް ވަނީ އަނދާ ހުލިވެފައެވެ.
މި ހާދިސާގެ ރިޕޯޓް ރޭ 00:37 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
އެގޮތުން، އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 00:42 ހާއިރުއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާ ލިބިފައި ނުވާކަމުގައެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ