ރާއްޖޭގެ ރިސޯޓެއްގައި ގެބެމުންދިޔަ ބަޔަކު ސަލާމަތް ކޮށްދީ ސްޕެއިންގެ ފުޓްބޯޅަ ތަރި ސާޖިއޯ އަރިބާސް މީޑިއާގެ ހެޑްލައިންތަކުން ފުރުސަތު ހޯދައިފިއެވެ.
ސްޕެއިންގެ ފުޓްބޯޅަ ތަރި، އުމުުރން 22 އަހަރުގެ ސާޖިއޯ އަރިބާސް، ރާއްޖޭގެ ރިސޯޓެއްގައި ގެނބެމުންދިޔަ ބަޔަކު ސަލާމަތް ކުރުމަށް ކުރި ހިތްވަރުގަދަ މަސައްކަތަށް ސްޕެއިންގެ މީޑިއާތަކުގައި ވަނީ ތައުރީފް ކޮށްފައެވެ.
އޮޔާ ދިޔަ މީހުން ސަލާމަތް ކުރުމަށް އަރިބާސް ފުއްމާލުމުގެ ކުރިން އޭނާގެ ލޯބިވެރިޔާ ގެންދިޔައީ އިންސްޓްގްރާމުން ލައިވް އެއް ކުރަމުންނެވެ. އެހެންނަމަވެސް އަރިބާސްގެ ވިލާ ކައިރިން އޮޔާދިޔަ މީހުން ފެނުމާއެކު ލައިވް ހުއްޓާލުމަށްފަހު މީހުން ސަލާމަތް ކުރުމަށް އޭނާ ފުއްމާލީ މޫދަށެވެ. އަދި އޭނާވަނީ އޮޔާދިޔަ މީހުން ސަލާމަތް ކޮށްފައެވެ.
އަރީބާސް މިހާރު ކުޅެމުން އަންނަނީ އަލްމެރިއާގަ ޓީމަށެވެ. އޭނާވަނީ ފާއިތުވި ސީސަންގައި ލީގްގައި އެ ކުލަބަށް 34 މެޗު ކުޅެދީ 9 ގޯލް ޖަހާފައެވެ.
ކޮމެންޓު ފޮނުވާ