ދަރުބާރުގޭ ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ ރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީގައި މާރާމާރީ ހިންގުމުގެ ސަބަބުން މީހަކަށް އަނިޔާވެގެން އޭނާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހިމެނޭ އިތުރު ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާއިރު، އެ އެންމެންނަކީ ވެސް ދިވެހިންނެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާއިރު، އެ މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް މިހާތަނަށް ވަނީ ސާފުވާ ގޮތް ނުވެފައެވެ.