ޖުމްހޫރީ މައިދާނުގައި ދިއްލާފައި ހުރި އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ގެންގޮސްފި

ޖުމްހޫރީ މައިދާނުގައި ދިއްލާފައި ހުރި އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ގެންގޮސްފި

Author
ހުސެއިން
16 ޖޫން 2024 02:10
0

ޖުމްހޫރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ގެންގޮސްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ޖުމްހޫރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަނީ ވަގަށް ގެންގޮސްފައި ކަމަށެވެ.

މި މައްސަލަ މިހާރު ވަނީ ފުލުހުންގެ ހިދުމަތަށް ހުށައަޅާފައި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ބޮޑު އީދަށް މާލޭގެ އެކި ސަރަހައްދު ތަކުގައި އީދު ލައިޓްތައް ހަރުކޮށްފައިވާއިރު، ޖުމުހޫރީ މައިދާނަކީ އެންމެބޮޑަށް ޒީނަތްތެރި ކޮށްފައިވާ އެއް ސަރަހައްދުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.