މިއަދު ތިން ބައި އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް ދަނީ

މިއަދު ތިން ބައި އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް ދަނީ

Author
ޙަސަން މުޙައްމަދު
14 ޖޫން 2024 05:16
0

ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ. ގަމު ކައުންސިލްގެ މެންބަރު އަދި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

މި ބައި އިލެކްޝަންގެ ވޯޓުލުން ފެށީ މެންދުރު ފަހު 2:00 ގައެވެ. މިރޭ 8:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، ވޯޓު ގުނަން ފަށާނީ ވޯޓު ލާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ވިދާޅުވީ، އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 23 ގައި ކަމަށެވެ.

މީގެ ކުރިން ބައި އިލެކްޝަންތަކާއި، އިންތިހާބުތައް އާއްމުކޮށް ބާއްވަމުން ދިޔައީ ހޮނިހިރު ދުވަހެވެ.

މިއަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާއަށް ފެނުމުން މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

އީސީން ވިދާޅުވީ، މި އަހަރުގެ އަރަފާތު ދުވަހަކީ އަންނަ ހޮނިހިރު ދުވަސް ކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކަނޑައެޅުމާ ގުޅިގެން އެ ދުވަހު ބާއްވަން ހަމަޖެއްސި ބައި އިލެކްޝަންސް ބާއްވާނީ ހުކުރު ދުވަހު ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.