ކުރީ ސަރުކާރުގެ ފްލެޓް ކޮމިޓީގެ މެމްބަރުން ދިރިއުޅޭ ތަންތަން ބަލާ ފާސްކުރަން ފަށައިފި

ކުރީ ސަރުކާރުގެ ފްލެޓް ކޮމިޓީގެ މެމްބަރުން ދިރިއުޅޭ ތަންތަން ބަލާ ފާސްކުރަން ފަށައިފި

Author
ހުސައިން
10 ޖޫން 2024 10:43
0

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އޮތް ފްލެޓް ކޮމިޓީގެ މެމްބަރުނއ ދިރިއުޅޭ ތަންތަން، ކޯޓު އަމުރެއްގެ ދަށުން އޭސީސީން ބަލާ ފާސްކުރަން ފަށައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފައިވަނީ އެ ކޮމިޓީގެ ބޭފުޅުން ދިރިއުޅުއްވާ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި، އެތަންތަން ބަލާ ފާސްކުރަމުންދަނީ ކޮމިޝަނުން ކުރިޔަށް ގެންދާ ޖިނާއީ ތުހުމަތަކަށް، ކޯޓު އަމުރެއްގެދަށުން ކަމުގައެވެ.

ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ ހައިސިން ސްކީމުގެ ކަންކަން ބެލެހެއްޓި ފްލެޓް ކޮމިޓީގައި 6 ބޭފުޅުން ތިއްބެވި ނަމަވެސް، އެނގިފައިވާ ގޮތުގައި އޭސީސީން ބަލާ ފާސްކުރަމުންދަނީ ހައުސިންގ މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓު ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީނާއި ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފާއި އަހުމަދު ވިސާން ނަސީމް އަދި ލިރުއަމް ވަހީދު ދިރިއުޅުއްވަމުން ގެންދަވާ ތަންތަނެވެ.

ކުރިން ފްލެޓު ދޫކުރި ގޮތާ ބެހޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިންގި ތަހުގީގެއްގައި ވަނީ ކުރީ ސަރުކާރުން ފްލެޓުތަކުގެ 60 ޕަސެންޓު ދިނީ ޝަރުތު ހަމަނުވާ ފަރާތްތަކަށް ކަމަށް ބުނެފަ އެވެ.

މިފަދަ ސީރިއަސް މައްސަލަތަކެއް ހުރުމުން، އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް ގިނަވެ، ފްލެޓް ދޫކުރުމުގެ މަރުހަލާ ލަސްވެދާނެ ކަމެއް ކަމަށް މި ސަރުކާރުން އެކުލަވާލާފައިވާ ހައިސިން ކޮމިޓީ ޗެއާވެސް ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.