ކުޅުދުއްފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ބައިވެރިވެއްޖެ

ކުޅުދުއްފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ބައިވެރިވެއްޖެ

Author
އަހުމަދު
08 ޖޫން 2024 04:31
0

ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވި އާއިލީ ހަވީރުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއަން ހައިކޮމިޝަން އަދި އޮރީގެން އިންތިޒާމުކޮށްގެން މިއަދު ބޭއްވި މި އާއިލީ ހަވީރަކީ ނަފުސާނީ ޞިއްޙަތަށް ހޭލުންތެރި ކުރުވުމުގެ ގޮތުން "މައިންޑްފެސްޓް" ނަމުގައި ބޭއްވި ފެސްޓިވަލްއެކެވެ.

މި ފެސްޓިވަލްގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ވެހިކަލްތަކާއި ފަޔަމަނުންނާއެކު ކުޑަކުދިންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. މި ހަރަކާތުގައި ކުޅުދުއްފުށީ ސިޓީގެ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.