ބްލެކް މާރކެޓްގައި ޑޮލަރުގެ އަގު އަނެއްކާވެސް އަތް ނުފޯރާފަށަށް!

ބްލެކް މާރކެޓްގައި ޑޮލަރުގެ އަގު އަނެއްކާވެސް އަތް ނުފޯރާފަށަށް!

Author
ހުސައިން
06 ޖޫން 2024 12:17
0

ފާއިތުވެދިޔަ 3 ވަރަކަށް މަސްދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު އެއް މިންގަޑެއްގައި ހިފެހެއްޓިފައި ހުރުމަށްފަހު، ކަޅު ބާޒާރުގައި އަނެއްކާވެސް ޑޮލަރުގެ އަގު އުފުލިއްޖެއެވެ.

އެގޮތުން ފާއިތުވެދިޔަ ހަފްތާގައި ޑޮލަރުގެ އަގު 17:30 އަދި 17:50ގައި ހުރުމަށްފަހު މިހާރު އަނެއްކާވެސް ޑޮލަރުގެ އަގުވަނީ 18:00 ރުފިޔާއަށް އުފުލިގެން ގޮސްފައެވެ. އެހެންނަމަވެސް ޑޮލަރު ވިއްކާ ބައެއް ފަރާތްތަކުން މަދުންނަމަވެސް އަދިވެސް ޑޮލަރު 17:80 އަށް ވިއްކަމުން ދެއެވެ.

ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އުފުލިގެން ގޮސްފައިވާއިރު، ފާއިތުވި ފެބްރުއަރީމަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އޭރު ވިދާޅުވެފައިވަނީ ކުރިޔަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯއްދަވާނެ ކަމުގައެވެ. އަދި ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގު ފާއިތުވި އެޕްރިލްމަހު ވިދާޅުވެފައިވަނީ ޑޮލަރުގެ މައްސަލައަށް ހައްލު ހޯދުމަށް އެމްއެމްއޭއާއި ގާތުން މަސައްކަތް ކުރަމުންދާކަމުގައެވެ.

މިދުވަސްކޮޅު ޑޮލަރުގެ އަގު އުފުލިގެންދާ އެއް ސަބަބެއްގެ ގޮތުގައި އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވަނީ ހައްޖަށް ދިއުމަށް ގިނަ ބަޔަކު ޑޮލަރު ގަތުމުގެ ސަބަބުން ކަމުގައެވެ. ހަމަ އެއާއެކު ފަހަކަށް ޑޮލަރުގެ އަގު ތިރިވެގެން ދިޔަ ސަބަބުތަކުގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަ ކޮށްފައިވަނީ ފާއިތުވި މަޖިލިސް އިންތިޚާބަށް ދިވެހިފައިވާ ގިނަ އަދަކަށް ހޭދަ ކޮށްފައި ވުމުގެ އިތުރުން، މިސަރުކާރުން ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް މަޑުޖައްސާލާފައި އޮތުމުގެ ސަބަބުން ކަމުގައެވެ.

އެގޮތުން ކުރިޔަށް އޮތް ތަނުގައި ސަރުކާރުން ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިޔަށް ގެންދާން ފެށުމުން ޑޮލަރުގެ އަގަށް ހެޔޮބަދަލެއް ނައުމަކީ އެންމެ އެކަށީގެންވާ ގޮތްކަށްވެސް އިގްތިސާދީ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.