ނަވްޔާ ފިލްމެއް ނުކުޅޭނެ: ޝްވޭތާ

ނަވްޔާ ފިލްމެއް ނުކުޅޭނެ: ޝްވޭތާ

Author
ފާތިމަތު ނާވީ
06 ޖޫން 2024 07:12
0

ބޮލީވުޑްގެ ނުފޫޒު ގަދަ އާއިލާ އެއް ކަމުގައިބާ ބަޗަން އާއިލާގެ ޒުވާން އަދި އަމިތާބް ބަޗަން އަށް ކާފަ ކިޔާ ދަރިއެއް ކަމަށްވާ ނަވްޔާ ނަވެލީ ފިލްމީ ދާއިރާއަށް ނުނިކުންނާނެ ކަމަށް އޭނާގެ މަންމަ ޝުވެތާ ބައްޗަން ބުނެފިއެވެ.

އަމިތާބުގެ ދޮށީ އަދި ހަމައެކަނި އަންހެން ދަރިފުޅުގެ ހުރި ހަމައެކަނި އަންހެން ދަރި ފިލްމީ ދާއިރާއަށް ނުނުކުންނާނެ ކަމުގެ ޔަގީންކަން ޝްވޭތާ ދިން ނަމަވެސް އޭނާގެ ފިރިހެން ދަރި އަގަސްތިޔާ ނަންދާ މިހާރު ވަނީ ބޮލީވުޑްއަށް ތައާރަފް ވެފައިއެވެ.

އަގަސްތިޔާ ބޮލީވުޑް އަށް ތައާރަފު ވެފައިވަނީ މިދިއަ އަހަރު ޑަރެކްޓަރު ޒޯޔާ އަހްތަރު ގެނެސްދިން ފިލްމް "އާޗީސް" އިންނެވެ. ނަމަވެސް އިތުރު ފިލްމް އަކަށް އަގަސްތިޔާ ސޮއި ކުރިކަމެއް ނުވަތަ ފިލްމްގެ ހުށައެޅުމެއް އޭނާ އަށް ލިބިފައިވާކަމަކަށް އަދި މީޑިއާއިން ހާމައެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Navya Naveli Nanda (@navyananda)

ޝްވޭތާ އާއި ވިޔަފާރީ ވެރިއެއް ކަމުގައިވާ ނިކިލް ނަންދާގެ ދެ ކުދިން ގެ ތެރެއިން އަންހެން ދަރިފުޅު ނަވްޔާ ބޮލީވުޑް އަށް އަންނަން އުޅޭ ކަމަށް ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ހަބަރު ފަތުރަމުންނެވެ.

ނަމަވެސް ޝުވެތާ މިވަނީ މިހުރިހާ ފަރާތް ތަކަށް ރައްދު ދެއްވާ އެވާހަކަތަށް ދޮގު ކޮށްފައެވެ. ނަވްޔާ އަދި އަގަސްތިޔާ އަކީ އާމީތާބަށް ކާފަ ކިޔާ އަދި ރާޖް ކަޕޫރަށް މުނި ކާފަ ކިޔާ ކުދިންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.