ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ ފުރަތަމަ ވެބް ސީރީޒް "ކޯލް މީ ބައޭ" މި އަހަރުގެ ސެޕްޓެމްބަރުގައި ޕްރީމިއާކުރަން ނިންމައިފި އެވެ.
މި ސީރީޒަކީ ފެޝަނުގެ ދުނިޔޭގެ ނުފޫޒު ގަދަ ޒުވާން އަންހެނެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. މި ވެބް ސިރީޒް ގައި އަނަންނިޔާ ގެ ވަރަށް ގްލެމަރަސް ސައިޑް އެއް ފެނިގެންދާނެއެވެ. "ކޯލް މީ ބައޭ" ގެ ޕޯސްޓަރެއް މިހާރު އާންމުކޮށްފައި ވާއިރުގައި އެކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.
"ކޯލް މީ ބައޭ" ގެ ކާސްޓްގައި ވީރް ދާސް، ވަރޫން ސޫދު އަދި ގުރްފަތޭ ޕިރްޒާދާ، ނިހާރިކާ ލީރާ ދަތު، މިނީ މާތޫރު، މުސްކާން ޖެފްރީ، ވިހާން ސަމަތު އަދި ލީސާ މިޝްރާ ފަދަ ފަންނާނުން އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިންމަންޓުން ހަދާފައިވާ މި ސީރީޒް ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 6 ގަ އެވެ.