އޯޓީޓީ ޕްލެޓްފޯމުން ސްޓްރީމްކުރާ "ބިގް ބޮސް"ގެ ތިންވަނަ ސީޒަން ފެށުމަށް ތައްޔާރުވަމުން އަންނައިރު މި ފަހަރުގެ ސީޒަންގެ ހޯސްޓް އަނިލް ކަޕޫރާއެކު ފުރަތަމަ ޕްރޮމޯ ދައްކާލައިފި އެވެ.
ޖިއޯސިނަމާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން "ބިގްބޮސް އޯޓީޓޯ 3″ ޕްރޮމޯ ދައްކާލާފައިވާއިރު މި ޕްރޮމޯގައި އަނިލް ކަޕޫރު ހިނގާފައި އަންނަ ތަން ފެނިގެންދެ އެވެ. އެހެން ނަމަވެސް އަނިލް ކަޕޫރު މޫނު ސާފުކޮށް ފެނިގެން ނުދިޔަ ނަމަވެސް އެކްޓަރުގެ އަޑާއި ފަހަތުން އިވިގެންދާ މިއުޒިކު އެކީ އަނިލް ކަޕޫރުކަން ޔަގީވެގެންދެ އެވެ.
ކަލާސްގެ މަގުބޫލު ރިއަލިޓީ ޝޯ މީގެ ކުރީގެ ދެ ސީޒަންގެ އިތުރުން ކަލާސް ޓީވީން ގެނެސްދޭ "ބިގް ބޮސް" ހޯސްޓްކުރަމުން އަންނަނީ ސަލްމާން ޚާނެވެ. އޭނާ ގެ ބަދަލުގައި މިފަހަރު ފެނިގެންދާނީ އަނިލްއެވެ
ސަބަބަކީ ޝޯގެ އޯޓީޓީ ވާޝަންގެ ތިން ވަނަ ސީޒަން ގެނެސްދޭން އޮތް ދުވަސްވަރާއި ސަލްމާންގެ އާ ފިލްމު "ސިކަންދަރު" ގެ ޝޫޓިން ފަށަން އިތް ދުވަސްވަރާ ފުށޫއަރާތީ ވަގުތު ދިނުމުގެ ތާށިކަމާ ގުޅިގެން ޝޯ ހޯސްޓްކުރަން އަނިލް އަށް ދިނީ އެވެ.