ސަރުކާރު ސްކޫލްތަކުގެ ކުލާސްރޫމްތައް އޭސީ ކުރުމުގެ މަޝްރޫޢު ފަށައިފި

ސަރުކާރު ސްކޫލްތަކުގެ ކުލާސްރޫމްތައް އޭސީ ކުރުމުގެ މަޝްރޫޢު ފަށައިފި

Author
ޙަސަން މުޙައްމަދު
02 ޖޫން 2024 01:12
0

ސަރުކާރު ސްކޫލްތަކުގެ ކުލާސްރޫމްތައް އޭސީ ކުރުމުގެ މަޝްރޫޢު ފަށައިފިއެވެ.

ސަރުކާރު ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތައް އޭސީ ކުރުމަށް ހިންގާ "ކޫލް ސްކޫލް" މަޝްރޫޢު ފައްޓަވާދެއްވީ މިކަމަށްޓަކާ ކ. މާފުށީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢެވެ.

މި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝަފީޢު ވިދާޅުވީ ސަރުކާރު ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތަކުގައި ހަރުކުރާ އޭސީތަކަށް ދޭ ކަރަންޓުގެ %30 ވާނީ އިޢާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން ކުލާސްރޫމްތަކުގައި އޭސީ ހަރުކުރުމާއެކު މިހާރު ސްކޫލްތަކުން ކަރަންޓު ބިލަށް ދައްކާ އަދަދަށް އިތުރުވަނީ 38 އިންސައްތަ.

މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝަފީޢު ވިދާޅުވީ ސްކޫލްތަކުގައި އޭސީ ހަރުކުރެވުމުން، އޭސީތައް މަރާމާތު ކުރުމާއި އަދި ބެލެހެއްޓުމަށް މީހުން ބޭނުންވާނެ ކަމަށާއި، އޭގެ މަސައްކަތުގެ ސިނާއަތަށް ކުރިއެރުން އަންނާނެ ކަމުގައެވެ. އެގޮތުން އެމަސައްކަތް ކުރާ ފަރާތްތަކަށް އިތުރު އާމްދަނީ ލިބޭނެ ކަމުވެސް އޭގެ ސަބަބުން ފަހިވެގެންދާނެ ކަމަށްވެސް ޝަފީޢު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫމްތައް އޭސީ ކުރުމެވެ.

ބައެއް ސްކޫލްތަކުގައި ބެލެނެވެރިން އިސްނަގައިގެންނާއި ރަށްތަކުގެ ވިޔަފާރިވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން ކުލާސްރޫމުތަކުގައި އޭސީ ހަރުކޮށްފައި އެބަހުއްޓެވެ. އެކަމަކު ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހެން ހަރުކޮށްފައި ހުންނަނީ ފަންކާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.