ބަލަނީ ރޯލުގެ މޮޅުކަމަށް: ކިއާރާ

ބަލަނީ ރޯލުގެ މޮޅުކަމަށް: ކިއާރާ

Author
ފާތިމަތު ނާވީ
31 މެއި 2024 08:58
0

ފިލްމް އެއް ކުޅޭއިރުގައި ބަލަނީ އެރޯލުގެ މޮޅުކަމާއި ތަފާތު ކަމުގެ އިތުރުން ކޮލިޓީ މަސައްކަތްތަކަށް ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ ކިއާރާ އަދުވާނީ ބުނެފި އެވެ.

މީޑީއާގައި ވާހަކަ ދައްކަމުން މިހާރު ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ޒުވާން ބަތަލާ ބުނީ ފިލްމުތަކަށް ސޮއިކުރާ އިރު، ކުޅެން ލިބޭ ކެރެކްޓާގެ ދިގުމިނަށް ނުބަލާ ކަމަށެވެ.

 

View this post on Instagram

 

A post shared by KIARA (@kiaraaliaadvani)

މިހާތަނަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އުންމީދީ ބަތަލާ ބުނީ އަބަދު ވެސް އިސްކަން ދެނީ "ކުއަންޓިޓީ އަށް ވުރެ ބޮޑަށް ކޮލިޓީ އަށް" ކަމަށެވެ. "ޝޭރުޝާ" އާއި "ޖުގް ޖުގް ޖިއޯ" އާއި "ސަތިއަޕްރޭމް ކާތާ" ގެ އިތުރުން "ބޫލް ބުލައްޔާ 2″ ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ކިއާރާގެ އަތުގައި މި ވަގުތު  ބޮޑެތި ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ.

 

View this post on Instagram

 

A post shared by KIARA (@kiaraaliaadvani)

ތެރޭގައި ރިތިކް ރޯޝަނާއި އެންޓީއާރް ޖޫނިއާގެ "ވޯ 2″ އާއި ރަންވީރު ސިންގްގެ "ޑޮން 3″ އާއި މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަންގެ "ގޭމް ޗޭންޖާ" ގެ އިތުރުން ކަންނާޑާ އެކްްޓަރު ޔާޝްގެ "ޓޮކްސިކް" ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.