ވަގު ނަންބަރު ބޯޑު ބޭނުންކުރާ ވެހިކަލްތައް ޓްރާންސްޕޯޓް މިނިސްޓްރީން ނަގަން ފަށަނީ

ވަގު ނަންބަރު ބޯޑު ބޭނުންކުރާ ވެހިކަލްތައް ޓްރާންސްޕޯޓް މިނިސްޓްރީން ނަގަން ފަށަނީ

މާލޭ ސަރަހައްދުގައި، ވަގު ނަންބަރު ބޯޑު ބޭނުންކޮށްގެން ދުއްވަމުންދާ އެއްގަމު އުޅަނދުތައް ވަރަށް އަވަހަށް ނަގަން ފަށާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން މާލޭ މަގުތަކުގައި ވަގު ނަންބަރު ބޯޑު ޖަހާފައި ހުރި ވެހިކަލްތައް މިނިސްޓްރީން ނަގަން ފަށާނެ ކަމަށާއި، ވެހިކަލް ބެލެހެއްޓޭން ފުރިހަމަ ނިޒާމެއް މިނިސްޓްރީން ގާއިމް ކުރާނެ ކަމުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ 18% އާއި %21 އާ ދެމެދުގެ އަދަދެއްގެ ބޭފުޅުން ވެހިކަލް ދޫކޮށްލަން ބޭނުންވާކަމަށް ކުރެވިފައިވާ ދިރާސާތަކުން ދައްކާ ކަމަށާއި، މާލޭގެ ވެހިކަލް ޕޮޕިއުލޭޝަން އެކަށަ އެޅުމަށްފަހު، ވެހިކަލްތައް ދޫކޮށްލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެކަމުގެ ހައްލު ހޯދުމަށް މަނިސްޓްރީން މަސައްކަތް ފަށާނެ ކަމުގައެވެ.

އޭނާ ވިދާޅުވީ ހެދިފައިވާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، އެކި ސަބަބުތަކާހުރެ އުޅަނދުތައް ދޫކޮށްލަން ބޭންނުވެފައިތިބި ފަރާތްތަކުގެ އަދަދަ %18 21% އާ ދެމެދުގަ އުޅޭ ކަމަށެވެ. އެހެންނަކަމުން އެ ވަރާތްތަކަށް ހައްލެއް ހޯދާ ދެވިއްޖަނަމަ މާލޭއަށް ބާރު ބޮޑުވެފައިވާ މައްސަލައަށް އެދެވޭ ހައްލެއް ލިބެމުންދާނެކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ ވެހިކަލް ޕޮޕިއުލޭޝަން އެކަށައެޅި، އަދި ވެހިކަލްތައް ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް "ބައި ބެކް" ޕްރޮގްރާމެއް ހިންގާލެވިއްޖެނަމަ މާލެއަށް ކުރިމަތިވެފައިވާ ވެހިކަލް ޕޮޕިއުލޭޝަންގެ މައްސަލައަށް ދެންދާނީ ހައްލު ލިބެމުން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *