ހދ. ގެ ބައެއް ރަށްތަކަށް ބިންހެލުމުގެ އަސަރު ކުރި، ނުރައްކަލެއް ކުރިމަތި ނުވާނެ: މެޓް އޮފީ

ހދ. ގެ ބައެއް ރަށްތަކަށް ބިންހެލުމުގެ އަސަރު ކުރި، ނުރައްކަލެއް ކުރިމަތި ނުވާނެ: މެޓް އޮފީ

Author
ހުސައިން
27 މެއި 2024 10:27
0

ރާއްޖެއާއި މާދުރު ނޫން ހިސާބަކަށް މިރޭ އައި ބިންހެލުމުގެ އަސަރު ހދ. ހަނިމާދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރެކޯޑް މީޓަރަށް ރެކޯޑް ކުރެވިފައިވާކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިރޭ ރާއްޖޭގެ 8:27ގައި ލޮޅުމެއްގެ އަސަރު ރެކޯޑް ކުރެވިފައިވާ ކަމަށާއި، އެހެންނަމަވެސް އެ ލޮޅުމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ލަފާ ނުކުރެވޭ ކަމުގައެވެ. މެޓް އޮފީހުން ބުނެފައިވަނީ މި ލޮޅުމުގެ އަސަރު ހދ. ބައެއް ރަށްތަކުގެ ބިންގަޑަށް ކުރިކަމުގެ ރިޕޯޓު ލިބިފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.