ފުރާނައަށް ނުރައްކާވާ ޑްރަގެއް ދައުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

ފުރާނައަށް ނުރައްކާވާ ޑްރަގެއް ދައުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

Author
ޙަސަން މުޙައްމަދު
23 މެއި 2024 08:04
0

ފުރާނަައަށް ނުރައްކާވާފަދަ ބާރުގަދަ ޑްރަގެއް މާކެޓުގައި އުފައްދާ އަދި ދައުރުވާ މިންވަރު އިތުރުވެފައިވާތީ، އެކަމަށް ސަމާލުވެ ރައްކާތެރިވުމަށް ހޯމް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމުގައިވާ، 'ފެންޓަނީލް-ލޭސްޑް ޑްރަގްސް' ނުވަތަ އާންމުކޮށް ކިޔާ ނަމުންނަމަ "ޗައިނާ ވައިޓް"، ބައިނަލްއަގްވާމީ މާކެޓުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗަކަށްވާތީ، މި ބާވަތުގެ މަސްތުވާތަކެއްޗަކީ އެ ބޭނުންކުރާ މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ބާރުގަދަ އެއްޗެއް ކަމަށް ބުނެފައިވެ އެވެ.

އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް، އެ މިނިސްޓްރީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ އަދި މިކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތައް ގުޅިގެން ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.