ވިލިމާލޭގައި އަޅާ އާހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ރާއްޖެއާއި ޗައިނާއިން ސޮއިކޮށްފި

ވިލިމާލޭގައި އަޅާ އާހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ރާއްޖެއާއި ޗައިނާއިން ސޮއިކޮށްފި

Author
ހުސެއިން
22 މެއި 2024 03:56
0

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލް ޕްރޮޖެކްޓެއްގެ ފީސިބިލިޓީ ސްޓަޑީއެއް ހަދަން ރާއްޖެއާއި އާއި ޗައިނާއިން ސޮއިކޮށްފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މޯލްޑިވިއަންގެ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބުއާއި ޗައިނާއިން ރާއްޖެއަށް ކަޑައަުިއްވާފަ ހުންނަވާ ސަފީރު ވަންގ ލީޒިންއެވެ.
ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ އިއުލާން ކުރެއްވީ ޑިސެމްބަރު 27 ވަނަ ދުވަހު  ހެލްތު މިނިސްޓަރު ޑރ. އަބުދުﷲ ޚަލީލުއެވެ. އޭގެ ފަހުން ރައީސް މިއިއްޒުވަނީ އެ ހޮސްޕިޓަލް އެޅުމަށް ޗައިނާގެ ހިލޭ އެހީ ހަމަޖެހިފައިވާކަމަށް ވިދާޅިވެފައެވެ.
މިކަން ރައީސް މުއިއްޒު ޔަގީންކޮށްދިނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް ބެއިޖިންއަށް ކުރެއްވި  ދަތުރުފުޅުގައެވެ. ރައީސް މުއިއްޒު ވިދާޅުވީ އެ ހޮސްޕިޓަލް އެޅުމުހެ ހުރިހާ ޚަރަދެއް  ދިނުމަށް ޗައިނާއިން ވަޢުދުވެފައިވާ ކަމަށެވެ.
މާޗް މަހު ރައީސް މުއިއްޒު ވަނީ ހޮސްޕިޓަލަށް ވިލިމާލެ’ އިން ބިން ދޫކޮށްފައިވާކަން އިއުލާންކޮށް، ފަންނީ ތައްޔާރީތައް ނިމުމުން  ކޮންސްޓްރަކްޝަން މަސައްކަތް ފަށާނެކަމަށް ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވަނީ އެމަނިކިފާނުގެ  ވެރިކަމުގެ ދައުރުގައި ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނޖ ފާހަގަކުރެއްވި ގޮތުގައި ވިލިމާލޭ އާ ހޮސްޕިޓަލެއްގެ ސަބަބުން އެރަށުގެ ރައްޔިތުން ސިއްހީ ހިދުމަތްތަކަށް މާލެ ސިޓީއަށް ދަތުރުކުރަން ޖެހޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެ، މުޖުތަމައަށް ސިއްހީ ހިދުމަތް ލިބޭނެ ގޮތް އިތުރުވެގެންދާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.