ވިއްސާރާގައި އައްޑޫ ސިޓީގެ ބައެއް ތަންތަނަށް ގެއްލުން ވެއްޖެ

ވިއްސާރާގައި އައްޑޫ ސިޓީގެ ބައެއް ތަންތަނަށް ގެއްލުން ވެއްޖެ

Author
ޙަސަން މުޙައްމަދު
19 މެއި 2024 03:46
0
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ މަރަދޫ މޫންލައިޓް، އަދި ހިތަދޫ އިތާމުތްގޭގެ ފުރާޅު އެއްލާލުމުގެ އިތުރުން ހިތަދޫ ފުޓްސަލް ދަނޑުގެ ލައިޓް ޕޯސްޓް އަރިއަޅާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލި ދެ ގޭގެ ފުރާޅު މިހާރު ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސިފައިންގެ އެހީތެރިކަމާއެކު ހައްލުކޮށްދީފައެވެ. އަދި ފުޓްސަލް ދަނޑުގެ ލައިޓް ޕޯސްޓް  އަރިއަޅާލުމާ ގުޅިގެން ލައިޓް ޕޯސްޓް އެތަނުން ނެގުމަށްފަހު ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.