އިސްރާއީލުގެ މަރުވެފައިވާ އިތުރު ރަހީނެއްގެ ހަށިގަޑު ޣައްޒާއިން ފެނިއްޖެ

އިސްރާއީލުގެ މަރުވެފައިވާ އިތުރު ރަހީނެއްގެ ހަށިގަޑު ޣައްޒާއިން ފެނިއްޖެ

Author
ހުސެއިން
19 މެއި 2024 09:38
0
ޣައްޒާގައި ބަންދުކޮށްފައި ހުރި އިތުރު މީހެއްގެ ހަށިގަނޑު ފެނުނު ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ޙަމަލާގައި ރަހީނުކުރި ރޮން ބެންޖަމިންގެ "މަރާލާފައިވާ" ހަށިގަނޑު ސިފައިން ހޯދާފައިވާ ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ވިދާޅުވީ ބެންޖަމިންގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު އިއުލާނުކުރި އިތުރު ތިން މީހެއްގެ ހަށިގަނޑު ސިފައިން ހޯދުމަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ހައްޔަރުކުރި އެހެން މީހުންގެ ހަށިތައް ވެސް ފެނިފައި ވަނީ ޣައްޒާގެ ޓަނަލެއްގެ ތެރެއިންނެވެ.
މިދިޔަ ނޮވެމްބަރު މަހު އިޒްރޭލާއެކު އެއްބަސްވި އެއްބަސްވުމުގެ ދަށުން ހަމާސް އިން ވަނީ ހަފުތާއެއްވަންދެން ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި ރަހީނުކުރި 105 މީހަކު މިނިވަން ކޮށްފައެވެ. އޭގެ ބަދަލުގައި އިޒްރޭލުންވަނީ އެގައުމުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގާތްގަނޑަކަށް 240 ގައިދީން ދޫކޮށްލައިފަ އެވެ.
އެހެންނަމަވެސް ހަމާސްއިން ރަހީނުކޮށްފައި ބާކީތިބި މީހުންގެ ތެރެއިން އަދި ވެސް ދިރިތިބީ ކިތައް މީހުން ކަމެއް ސާފެއް ނުވެ އެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކަށްފަހު ޣައްޒާގައި 35،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށް ހަމާސްގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.
ފަލަސްތީނުގެ ގާތްގަނޑަކަށް 2.2 މިލިއަން މީހުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ އިރު، އެ މީހުންނަށް ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އދ.އިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.