އާސަހަރާގެ އިމާރާތުގެ މަސައްކަތް ނިންމަން ކުންފުންޏަކާ ހަވާލު ކޮށްފި

އާސަހަރާގެ އިމާރާތުގެ މަސައްކަތް ނިންމަން ކުންފުންޏަކާ ހަވާލު ކޮށްފި

Author
ހުސެއިން
19 މެއި 2024 10:06
0

މާލޭގެ އާ ސަހަރާގެ ފުލް ފިނިޝިންގެ މަަސައްކަތްކޮށް ނިންމުމުގެ އެއްބަސްވުމުގައި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެކު މާލޭ ސިޓީ ކައުންސިލުން ސޮއި ކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ މިމަސައްކަތް ހަވާލުކުރީ 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމުގައެވެ. ކޮންޓްރެކްޓަރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކުންފުނީގެ ޑިރެކްޓަރ މުހައްމަދު އައިމަންއެވެ. މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކެޓްރީ ޖެނެރަލް ވަޖީހު ނަސީރުއެވެ.

މާލޭގެ އާ ސަހަރާ އަށް ޖަނާޒާ އަށް ދާ މީހުން މަޑުކުރުމަށް ހަދާ ލައުންޖު ހެދުމުގެ މަސައްކަތްތައް އެންމެ ފުރަތަމަ ހަވާލުކުރި ކުންނިން އެ މަސައްކަތަށް ކަނޑައެޅި ފައިސާއިން ބޮޑުބައެއް ނަގާ، މަސައްކަތް ނުނިންމި މައްސަލަ ކޯޓަށް ވެއްދުމަށް މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ ނިންމާފައެވެ.

އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ 4.9 މިލިއަން ރުފިޔާއަށެވެ.

ނަމަވެސް ސިޓީ ކައުންސިލުން އެއްބަސްވުން ބާތިލް ކުރީ އެއް މަސް ދުވަހުން ނިންމަން ހަވާލުކުރި މަސައްކަތް ނުނިމި ދިގުލައިގެން ދާން ފެށުމުންނެވެ. އެހެންނަމަވެސް އެއްބަސްވުން ބާތިލް ކުރި އިރު އެ ކުންފުންޏަށް އޮތީ 3.6 މިލިއަން ރުފިޔާ ދީފަ އެވެ.

ޕީއެންސީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް މި މަސައްކަތް ހަވާލުކުރިއިރު 15 ޕަސެންޓު އެޑްވާންސް ފައިސާގެ އިތުރުން، 2.6 މިލިއަން ރުފިޔާވެސް އެ ކުންފުންޏަށް ދީފައި ވެއެވެ. އެއީ މުޅި ޕްރޮޖެކްޓުގެ 53 ޕަސެންޓު ފައިސާ އެވެ.

އެ އެއްބަސްވުން ބާތިލް ކުރިއިރު، މަސައްކަތުގެ 76 ޕަސެންޓު ނިމިފައި ވެ އެވެ. އެހެންނަމަވެސް، ފަހުން ގެނައި ބަދަލުތަކާ އެކު، އެއްބަސްވުން ބާތިލް ކުރިއިރު މުޅި މަސައްކަތުގެ 55 އިންސަައްތަ ނުނިމި އޮތްކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

އެއަށްފަހު ބާ އިމާރާތް ތަޅާލުމާއި އާ މިސްކިތުގެ ފައުންޑޭޝަނާއި ބައެއް ތަނބުތައް ޖެހުން ފިޔަވައި އިތުރު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. ހިނަވާގެ އާއި އެ ތަނުގައި ގާއިމްކުރާ ލައުންޖުގެ އެއްވެސް މަސައްކަތެއް އޭރު ނުފެށުނެވެ.

މާލޭ ސިޓީ ކައުންސިލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެމަސައްކަޔް އެންމެ ފުރަތަމަ ހަވާލުކުރި ކުންފުނިން މަސައްކަތް ނިންމާފައި ނުވާތީ، އެމަސައްކަތް ކޯޓަށް ވެއްދުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ދަނީ ކުރިޔަށް ގެންދަމުންނެވެ.

މި މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ އެކަށައެޅި ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނެވުނެވެ. އޭގެ ތެރޭގައި ސްޓަރްކަޗަރަލް ކުރެހުންތައްވެސް ހިމެނެއެވެ.

މާލެ ސިޓީ ކައުންސިލުން މަރާމާތު ކުރަން ނިންމާފައިވަނީ އާސަރާގެ އަންހެނުން ނަމާދު ކުރާ ސަރަޙައްދު ބޮޑު ކުރުމަށާއި އަދި ސަރަހާއަށް ގޮސްތިބޭ މީހުން މަޑުކޮށްލާނެ "ވެއިޓިންގ އޭރިއާ" އެއް ޤާއިމު ކުރުމަށެވެ.

އާ ސަހަރާގައި ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.