ކ.މާފުށީ ގޮނޑުދޮށުގައި އެހެލައިފައި އޮތް ލޯންޗެއްގައި ރޯވެއްޖެއެވެ. ލޯންޗުގައި ރޯވި އަލިފާން ނިއްވާލާފައިވަނީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.
އެމްއެންޑީެފްއިން ބުނެފައިވަނީ، މި ލޯންޗުގައި ރޯވިކަމުގެ މަޢުލޫމާތު މިއަދު މެންދުރު 12:34 ހާއިރު މާފުށި ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައިވާ ކަމުއެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 12:46 ހާއިރުއެވެ.
މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް، އެ ލޯންޗަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
މި ހާދިސާ ހިގަން މެދުވެރިވި ސަބަބެއް އެމްއެންޑިއެފްއިން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ