ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނިމީހާގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހަދަނީ

ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނިމީހާގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހަދަނީ

ގުޅުންހުރި

މިހަފްތާގައި ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމުގައި ފުލުހުން މިއަދު ބުނެފިއެވެ.

އެމީހާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 13 ވަނަ ދުވަހުގެ 17:44 ހާއިރުއެވެ.

ފުލުހުން ބުނެފައިވަނީ، އެމީހާ ފެނުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަނޑޭރި ކޮށި އެޕާޓްމެންޓެއް ބަލައި ފާސްކުރިއިރު ކަމުގައެވެ. އަދި އެ އެޕާޓްމަންޓަކީ މިވަގުތު ބޭނުންކުރަމުންދާ އެޕާޓްމަންޓެއް ނޫންކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އެމީހާގެ ހަށިގަޑު ފެނުނުއިރު އިތީ ކުނިވާން ފަށާފައިކަމަށްވެސް ވަނީ އެނގިފައެވެ.

ގޮތް ނޭގޭ މަރުތަކުގައި މަރުވާ މީހުންގެ އޮޓޮޕްސީ ހެދުމަށް އާންމުކޮށް ފޮނުވަނީ އިންޑިއާއަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ