ސައިފް ލޯފަން މީހެއްގެ ގޮތުގައި ފެންނަ ފިލްމް ގެ ރޯލެއް ބޮބީއަށް

ސައިފް ލޯފަން މީހެއްގެ ގޮތުގައި ފެންނަ ފިލްމް ގެ ރޯލެއް ބޮބީއަށް

Author
ފާތިމަތު ނާވީ
17 މެއި 2024 09:58
0

ސައިފް އަލީ ހާން ލޮލަށް ނުފެންނަ މީހެއްގެ ރޯލު ކުޅޭ ފިލްމްގެ މުހިންމު ރޯލަކަށް އެކްޓަރު ބޮބީ ޑިއޯލް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

މި ފިލްމް އަކީ ޕްރިޔަދަރުޝަން ހަދަން ނިންމާފައިވާ ތުރިލާއަކުން ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫތަކުން ބުނެއެވެ. ނަމަވެސް އަދި އެ ފިލްމް އިއުލާން އެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Bobby Deol (@iambobbydeol)

ނަމަވެސް ހަބަރުތަށް ބުނާގޮތުގައި މި ފިލްމްގެ ޝޫޓިންގ ޖުލައި މަހުގައި ފެށުމަށް އަންނަނީ ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންނެވެ. އަދި ފިލްމްގެ އިތުރު ކާސްޓުވެސް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.

"އެނިމަލް" ގެ ކާމިޔާބަށް ފަހުގައި ބޮބީގެ ޑިމާންޑް މިހާރު ވަނީ ވަރަށް ބޮޑުވެފައިއެވެ. ވަރަށް މަދުން ސްކްރީން އިން މިހާރު ފެންނަ އެކްޓަރު "އެނިމަލް" އަށް ފަހު އަންނަނީ ގިނަ ޕްރޮޖެކްޓް ތަކެއްގައި ހިއްސާ ވަމުންނެވެ.

 

View this post on Instagram

 

A post shared by Saif Ali Khan (@actorsaifalikhan)

ނަން އަދި ހާމަނުކުރާ ފިލްމުގެ ލީޑް ބަތަލަކަށް ސައިފް ފައިނަލްކޮށްފައިވާ އިރު، މި ފިލްމު ވާނީ ޕްރިޔަދަރުޝަނާ އެކީ އޭނަ މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. ސައިފްގެ އަންހެނުން ކަރީނާ ކަޕޫރް ކުރިން ޕްރިދަރުޝަނާ އެކީ ދެ ފިލްނެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ "ހަލްޗަލް" އާއި "ކިޔުކީ..؟" އެވެ.

ސައިފް، 53، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދެވާރާ: ޕާޓް 1″ އާއި "ޖުވެލް ތީފް" ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.