ކަރަން އަށް ނަކުލް ކުޅެދޭ ވެބް ސީރީޒް އަކީ "ޑޭރިން ޕާޓްނާސް"

ކަރަން އަށް ނަކުލް ކުޅެދޭ ވެބް ސީރީޒް އަކީ "ޑޭރިން ޕާޓްނާސް"

Author
ފާތިމަތު ނާވީ
16 މެއި 2024 12:41
0
ބޮލީވުޑްގެ ނުފޫޒު ގަދަ ޕްރޮޑިއުސަރު/ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން އަށް ޓިވީ އެކްޓަރު ނަކުލް މެހެތާ ކުޅެދޭ ވެބް ސީރީޒް ގެ ނަމަކީ "ޑޭރިން ޕާޓްނާސް" އެވެ. 
އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ހަދަމުން އަންނަ މި ސީރީޒްގެ ބަތަލާއިންގެ ރޯލުން ފެންނާނީ ތަމަންނާ ބާޓިއާ އާއި ޑަޔާނާ ޕެންޓީ އެވެ. ވިޔަފާރީގެ ގުޅުންތަކެއްގެ އުފެދޭ ލޯބީގެ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށް ހަދަމުން އަންނަ "ޑޭރިން ޕާޓްނާސް" ގެ ޑައިިރެކްޓަރުންނަކީ އަރްޗިޓް ކުމާރާއި ނިޝާންތު ނައިކް އެވެ.

 

View this post on Instagram

 

A post shared by Nakuul Mehta (@nakuulmehta)

 

ދަރުމާގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިންމަންޓްގެ މި ވެބް ސީރީޒް ގެ ޝޫޓިން މިހާރު އަންނަނީ ވަރަށް ބާރު ސްޕީޑުގައ ކުރަމުންނެވެ. ނަމަވެސް މި ބެސް ސީރީޒް ރިލީޒް ކުރާނެ ދުވަހެއް އަދި އިއުލާން ކޮށްފައިއެއް ނުވެއެވެ.

ކާމިޔާބު ސިލްސިލާ ޑްރާމާ ތަކަކުން ފެނިގެން ގޮސްފައިވާ 41 އަހަރުގެ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ ސޮނީ ޓީވީން މިދިޔަ އަހަރު ގެނެސްދިން ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ސީޒަން ތިނެކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.