ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ހުށަހަޅާ ޑައިރެކްޓަރުންގެ ނަންތައް އާންމުކޮށްފި

ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ހުށަހަޅާ ޑައިރެކްޓަރުންގެ ނަންތައް އާންމުކޮށްފި

Author
ހުސެއިން
14 މެއި 2024 01:02
0

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑަށް ސަރުކާރުން ހުށަހެޅި މީހުންގެ ނަންތައް އެ ބޭންކުން އާންމު ކޮށްފިއެވެ.

2024 އިން 2025 އަށް ބޯޑުގައި ތަމްސީލުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ނަންތަކަކީ:

  1. ހަސަން ޒަރީރު
  2. ކާލް ސްޓުމްކަ (ސީއީއޯ އަދި އެމްޑީ)
  3. އާއިޝަތު ނޫރައްދީން
  4. އާއިޝަތު ސަޖްނީ
  5. އަލީ ފާރިސް މުހައްމަދު
  6. އާދިލް މޫސާ
  7. ސުޒީ އާދަމް

މި ބޭފުޅުންގެ ތެރެއިން އާދިލް މޫސާއާއި ސުޒީ އާދަމްއަކި އަލަށް ހުށަހެޅި ދެނަމަށްވާއިރު، އެހެން ބޭފުޅުންނަކީ މިހާރުވެސް ބޯޑުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނެވެ. އަދި މީގެ ތެރެއިން އައިޝަތު ސަޖުނީއަކީ ބޯޑުގެ މެމްބަރުންކަމުން ވަކިކުރުމަށްފަހު ސަރުކާރުން އެނިންމުން އަނބުރާ ގެންދެވި ބޭފުޅެކެވެ.

އޭގެ އިތުރުން އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލީ މީހުންގެ ނަންތައްވެސް ވަނީ އިއުލާން ކޮށްފައެވެ. އެ ފަރާތްތަކަކީ:

  1. އިބްރާހިމް މުހައްމަދު
  2. އަހުމަދު މުހައްމަދު
  3. އަބްދުﷲ ނަސީމް

މި ތިން ފަރާތަކޫ މިހާރުވެސް ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ތަމްސީލު ކުރަމުންދާ ފަރާތްތަކެވެ.

ބޭންކުން ބުނެފައިވަނީ މި ހުރިހާ ބޭފުޅުންނަކީވެސްބޭންކުގެ ބޯޑުުގެ އެޕޮއިންޓްމަންޓް، ނޮމިނޭޝަން އެންޑް ރެނިއުމަރޭޝަން ކޮމިޓީން ވަޒަންކުރުމަށް ފަހު، މަގާމަށް އިންތިހާބުކުރުމަށް ގާބިލު ބަޔެއް ކަމަށް ބޭންކުގެ ބޯޑުން ފާސްކޮށްފައިވާ މީހުން ކަމަށެވެ.

ބޭންކުގެ ބޯޑުގައި 11 މެމްބަރުން ތިއްބަވާއިރު އޭގެ ތެރޭގައި ސަރުކާރު ތަމްސީލުކުރާ 7 މެމްބަރުން ތިއްބަވައެވެ.

ބާކީ މެމްބަރުންގެ ތެރެއިން 3 ހިއްސާދާރުން ތަމްސީލުކުރަނީ ބޭންކުގެ އާންމު ހިއްސާދާރުންނެވެ. އަނެއް ޑައިރެކްޓަރަކީ ސަރުކާރުން ހުށަހަޅައިގެން އައްޔަންކުރާ މިނިވަން މެމްބަރެކެވެ.

މި ޑައިރެކްޓަރުން މަގާމްތަކަށް އައްޔަން ކުރާނީ މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ 41 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.