ސައިފް އަށް ލޯފަންމީހެއް ގެ ރޯލު

ސައިފް އަށް ލޯފަންމީހެއް ގެ ރޯލު

Author
ފާތިމަތު ނާވީ
14 މެއި 2024 04:36
0

ކާމިޔާބު ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާން އަށް ލޯފަން މީހެެއްގެ ރޯލު ކުޅުމަށް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސައިފް ލޯފަން މީހެއްގެ ގޮތުގައި ފެނިގެންދާނީ ޕްރިޔަދަރުޝަން ހަދަން ނިންމާފައިވާ ތުރިލާއަކުން ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫތަކުން ބުނެއެވެ. ނަމަވެސް އަދި އެ ފިލްމް އިއުލާން އެއް ނުކުރެއެވެ.

ނަމަވެސް ފިލްމުގެ ސްކްރިޕްޓް ނިންމައި، ކާސްޓުން ހަމަޖައްސުމުގެ އިތުރަށް، ޝޫޓިން ޝެޑިއުލް ކުރިއަށް ގެންދާނެ ގޮތް މިހާރު ރާވަމުން އަންނަ ކަމަށް ރިޕޯޓްތަށް ބުނެއެވެ. ކާސްޓާއި ބެހޭގޮތުން ވެސް އަދި އެއްވެސް މައުލޫމާތެއް ނުމެލިބޭމެއެވެ.

ނަން އަދި ހާމަނުކުރާ ފިލްމުގެ ލީޑް ބަތަލަކަށް ސައިފް ފައިނަލްކޮށްފައިވާ އިރު، މި ފިލްމު ވާނީ ޕްރިޔަދަރުޝަނާ އެކީ އޭނަ މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. ސައިފްގެ އަންހެނުން ކަރީނާ ކަޕޫރް ކުރިން ޕްރިދަރުޝަނާ އެކީ ދެ ފިލްނެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ "ހަލްޗަލް" އާއި "ކިޔުކީ..؟" އެވެ.

ސައިފް، 53، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދެވާރާ: ޕާޓް 1″ އާއި "ޖުވެލް ތީފް" ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.