އެކްތާ އަނެއްކައިވެސް ދަރިއަކު ހޯދަނީ

އެކްތާ އަނެއްކައިވެސް ދަރިއަކު ހޯދަނީ

Author
ފާތިމަތު ނާވީ
14 މެއި 2024 12:28
0

މީގެ ކުރިންވެސް ސަރޮގަސީ މެދުވެރިކޮށް ދަރިއަކު ހޯދައިފައިވާ އިންޑިއާގެ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު އަނެއްކައިވެސް ހަމަ އެގޮތަށް ދަރިޔަކު ހޯދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

48 އަހަރުގެ އެކްތާ ސަރޮގޭޓްކޮށްގެން ހޯދި ފުރަތަމަ ދަރިފުޅަކީ މިހާރު 5 އަހަރުވެފައިވާ ރަވީ ކަޕޫރެވެ. އެ ކުއްޖާ އަށް ނަން ދީފައި ވަނީ އެކްތާގެ ބައްޕަ ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރާގެ އަސްލު ނަމުންނެވެ.

 

View this post on Instagram

 

A post shared by EktaaRkapoor (@ektarkapoor)

އެކްތާގެ އިތުރުން އޭނާގެ އެއްބަޑު އެއްބަފާ ކޮށްކޮ ތުޝާރު ކަޕޫރު ވެސް ވަނީ ސަރޮގަސީކޮށްގެން ދަރިއަކު ހޯދައިފައިއެވެ. މިދެބެން ކުރެ އެއްވެސް މީހަކު މިހާތަނަށް ކައިވެނެއްޔެއް ކޮށްފައިއެއް ނުވެއެވެ.

އެކްތާ އަކީ އިންޑިއާގެ އެންމެ ނުފޫޒު އަންހެން ޕްރޮޑިއުސަރެވެ. އޭނަ އަކީ ބާލާޖީގެ ނަމުގައި ބޮޑު ޕްރޮޑަކްޝަން ހައުސްއެއް ހިންގަމުންނެވެ. ބަލާޖީ ބެނާގެ ދަށުން ގިނަ ސިލްސިލާ ޑްރާމާ ތަކެއް އުފައްދައެވެ. މީގެ އިތުރުން އޭނާ ވަނީ ކާމިޔާބު ފިލްމް ތަކެއްވެސް އުފައްދައިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.