ކުށްކުރާ ކުޑަކުދިން ވަކި ރަށަކަށް ގެންގޮސްގެން، އެކުދިން ދިގު މުއްދަތަކަށް ރިހިބިލިޓޭޓް ކުރުމަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް އެކުލަވާލަމުންދާ ކަމުގައި ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ކުށިގެ ވެށީގައި އުޅެމުންދާ ކުދިން ވަކި ރަަށަކަށް ގެންގޮސްގެން އެކުދިން އިސްލާހު ކުރުމަށް ކުރާންޖެހޭ މަސައްކަތްތައް ފުލުހުންނާިއ ސިފައިނާއި އަދި އެނޫންވެސް ކަމާއިގުޅުންހުރި މުވައްސަސަތާކާއި ގުޅިގެން ކުރިޔަށް ގެންދާކަމުގައެވެ.
އަދި އޭނާ ވިދާޅުވީ އެ ޕްރޮގްރާމްގެ ތެރޭގައި ދީނީ ތައުލީމާއި ރަސްމީ ތައުލީމާއި ކުޅިވަރު އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގުމަށްވެސް ހަމަޖެހިފައިވާ ކަމުގައެވެ.
އޭގެ ނަތީޖާއަކީ ކުށުގެ މާހައުލުގައި މި ވަގުތު އުޅޭ ކުދިންނަށް ރަނގަޅު މާހައުލެއް ލިބި އެ ކުދިންގެ ހިޔާތަށް އާ އުންމީދެއް ލިބިދިނުން.
މިނިސްޓަރު ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ އެކުދިން ގެންދިއުމަށް ހަމަޖެހިފައިވާ ރަށަށް ކިޔުމަށް ނިންމާފައިވަނީ ހޯޕް އައިލޭންޑް ކަމުގައެވެ.
އިހުސާން ވިދާޅުވި އެކުދިން އެރަށުގައި 18 އަހަރުވަންދެން އުޅުމަށްފަހު ދެން ގުޅޭނީ ސިފައިންނާއި ފުލުހުންގެ ވަޒީފާއާ ކަމުގައެވެ، އަދި ވަކި މުދަތަކަށް ފުލުހުންނާއި ސިފައިންގެ ވަޒީފާގައި އުޅުމަށްފަހު ހެދާ ޚާއްސަ އިވޭލުއޭޝަންއަކަށްފަހު އެކުއްޖަކު ބޭނުންވާ ދާއިރާއަކާ ގުޅުމުގެ ފުރުސަތި ދޭގޮތަށްވެސް ހަމަޖެހިފައިވާކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
އަށާރަ އަހަރު ވާއިރު އެ ކުދިންނަށް ތައުލީމާއި ތަރުބިއްޔަތާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގާނެ. ހިދުމަތުގައި އުޅެފައި ބޭނުމިއްޔާ ހުނަރަކާއިގެން އެ ކުއްޖަކު ބޭނުންވާ ރޮނގަކުން ކުރިޔަށް ދާން ވެސް ފުރުސަތު އޮންނާނެ.
އޭނާ ވިދާޅުވި އެވެ.
އެ ޕްރޮގްރާމަކީ ގާނޫނީ ބާރުވެރިކަން ލިބިގެން ކުރިޔަށް ގެންދާ ޕްރޮގްރާމަކަށް ވެގެންދާނެކަމަށްވެސް އިހުސާން ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ