ވަރުންގެ ރުޅިގަނޑު މީޑީއާއަށް

ވަރުންގެ ރުޅިގަނޑު މީޑީއާއަށް

Author
ފާތިމަތު ނާވީ
09 މެއި 2024 12:42
0

ބޮލީވުޑްގެ ތަރިންގެ ޝޯޓް ޓެމްޕާ ނުވަތަ ރުޅިގަނޑާއި ދޭތެރެ ދޭތެރެއިން މީޑިއާ އަށް ކުރިމަތިލާން ޖެހެއެވެ. އެގޮތުން މިފަހަރު އަނެއްކައިވެސް މި އޮތީ އެފަދަ ކަމެއް ދިމާވެއެވެ.

އާންމުކޮން ވަރަށް ކޫލް އެކްޓަރެއްގެ ގޮތުގައި ފާހަގަ ކުރެވޭ ވަރުން ދަވަން މި ވަނީ މީޑިއާއަށް އޭނާގެ ރުޅިގަނޑު ބާލާފައިއެވެ. ވަރަށް އާދައިގެ ގޮތަކަށް އޭނާ މިވަނީ ކްލިނިކަކަށް ވަންނަނިކޮން ފެނިފައިއެވެ. އެއާއި އެކުގައި މީޑިއާއިން ވަނީ އޭނާގެ ފޮޓޯ ނަގައިފައިއެވެ.

ފޮޓޯ ނަގާ އަދި ވީޑިއޯ ކުރަމުން އޭނާ ފަހަތުން ދާން ފެށުމުން ގޮސް އެތެރެއަށް ވަންނާނީ ތޯ ވަރުން ވަނީ އަހައިފައިއެވެ. ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރި ވަރުން އެހެން ބުނުމާއި އެކު މީޑިއާއިން ނޫނެކޭ ބުނާއަޑުއިވެއެވެ.

 

View this post on Instagram

 

A post shared by Instant Bollywood (@instantbollywood)

މީޑިއާ އާއި އޮންނަ ގުޅުން ރަނގަޅު ކުރުމަށް ތަރިން ވަރަށް މަސައްކަތް ކުރި ނަމަވެސް ބައެއް ފަހަރު އެމީހުން ގެ ސުވާލު ތަކާއި ނުވަތަ އުޅޭ ގޮތުގެ ސަބަބުން ތަރިންގެ ރުޅިގަނޑު ފަޅައިގެންދާ ފަހަރު މަދެއް ނޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.