"މިސްޓަ އެންޑް މިސިޒް މާހީ" ގެ ޕޯސްޓަރުތަކެއް

"މިސްޓަ އެންޑް މިސިޒް މާހީ" ގެ ޕޯސްޓަރުތަކެއް

Author
ފާތިމަތު ނާވީ
09 މެއި 2024 05:01
0

ބޮލީވުޑްގެ ޒުވާން ދެތަރިން ކަމުގައިވާ ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯގެ ފިލްމު "މިސްޓް މިސިޒް މާހީ"  ގެ ޕޯސްޓަރުތަކެއް މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ ޖާންވީ އާއި ރާޖް އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. މި ދެ ތަރިންގެ ފުރަތަމަ ފިލްމަކީ 2021 ގެ ހޮރޯ-ކޮމެޑީ "ރޫހީ" އެވެ. "މިސްޓަ އެންޑް މިސިޒް މާހީ" އަކީ ދަރުމާ އަށް ރާޖް ކުޅުނު ފުރަތަމަ ފިލްމެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މި ފިލްމު ކުރިން ރިލީޒްކުރަން ނިންމާފައި އޮތީ މި މަހުގެ 19 ގަ އެވެ. ނަމަވެސް އެ ސްޓޫޑިއޯ އިން މިހާރު ވަނީ އަންނަ މި މަހުގެ 31 އަށް ފިލްމު ފަސްކުރިކަން އިއުލާންކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Dharma Productions (@dharmamovies)

ޝަރަން ޝަރުމާ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންއެވެ. މި ފިލްމަކީ ކްރިކެޓް ކުޅޭ ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.