އިސްލާމްދީނަށް ފުރައްސާރަ ކުރި ދިވެއްސެއްގެ މައްސަލަ ބަލަނީ

އިސްލާމްދީނަށް ފުރައްސާރަ ކުރި ދިވެއްސެއްގެ މައްސަލަ ބަލަނީ

Author
އަހުމަދު
07 މެއި 2024 03:19
0

ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ތަފާތު އެކިއެކި ވާހަކަތައް ދައްކަމުން ދިޔަ ދިވެހި ފިރިހެނެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކަމުން ދަނީ ޝައްފާން ޝަފީގް ނަމަކަށް ކިޔާ މީހެކެވެ. އެމީހާ ވަނީ ކަލަކު ވޮޑިގެންވާ ކަމާ މެދުގައި ވެސް ސުވާލު އުފައްދައިފައެވެ. މި މައްސަލަ މިހާރު ވަނީ ފުލުހުންގެ ސަމާލު ކަމަށް ވެސް ގެނެސްފައެވެ.

ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން ވިދާޅުވީ އެ މީހާ އާއްމު ކުރާ ކޮންޓެންޓާއި އޭނާގެ މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ޝިފާން އިތުރަށް ވާހަކައެއް ނުދައްކަވައެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންގެ މައްސަލަތައް މީގެ ކުރިން ވެސް ފުލުހުން ތަހުގީގު ކުރިއެވެ. އެފަދަ މައްސަލަތައް ތަހުގީގު ކުރަން ފެށުމާ އެކުގައި ބައެއް މީހުން ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.